ކުޅިވަރު

ފަހު މެޗުން މޮޅުކޮށް ދިނުމަށްފަހު ޕޮޑޮލޮސްކީ ރިޓަޔާ ކޮށްފި

Mar 23, 2017

އިންގެލެންޑާ ދެކޮޅަށް 1-0 ގެ ނަތީޖާ އަކުން ޖަރުމަން މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރުމަށްފަހު، ޖަރުމަންގެ ފޯވަޑް ލުކަސް ޕޮޑޮލޮސްކީ ގައުމީ ޓީމުން ރިޓަޔާ ކޮށްފި އެވެ.

ޖަރުމަނަށް 130 މެޗު ކުޅެދިން ގޭމްގައި، ޓީމުގެ ކެޕްޓަންކަން ކުރީވެސް، ޕޮޑޮލޮސްކީ އެވެ.

މެޗު ފެށުމުގެ ކުރިން، ޕޮޑޮލޮސްކީ، ވަނީ އޭނާގެ ކެރިއަރާ ބެހޭގޮތުން، ވާހަކަ ދައްކާފަ އެވެ. މެޗުގައި އިދިކޮޅަށް ކުޅެމުން ދިޔަ، އިންގެލެންޑުން މަސައްކަތް ކުރީ، ޕޮޑޮލޮސްކީގެ ވަދާއީ މެޗު ޖަރުމަނަށް ހިތްދަތި ނަތީޖާއެއް ދިނުމަށެވެ. އެހެންވެ މެޗުގައި އިންގެލްނޑުން ވަނީ ޖަރުމަންގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ.

ސައުތު ގޭޓަށް، އިނގިރޭސި ގައުމީ ކޯޗްކަމުގެ ދާއިމީ ވަޒީފާ ހަމަޖެހުމަށް ފަހު، ކުޅުނު ފުރަތަމަ މެޗުގައި އޭނާ ވަނީ، ބާންލީގެ މައިކަލް ކީން އަށް ފުރަތަމަ ފަހަރަށް ގައުމީ ޓީމުން ފުރުސަތު ދީ، އޭނާ ލައްވައި މުޅި މެޗު ކުޅުވާފަ އެވެ. 3-4-3 ގެ ފޯމޭޝަނަށް ކުޅެމުން ދިޔަ، އިންގެލެންޑްގެ ފޯމޭޝަން ރާވައިލާފައި ވަނީވެސް، ހަމަލާ އުފެއްދުމުގައި ޓީމުގެ 70 ޕަސަންޓް ހިއްސާވަ ގޮތަށެވެ.

މެޗުގެ 31 ވަނަ މިނެޓްގައި ޖަރުމަން ކުޅުންތެރިން، އިންގެލެންޑްގެ ހާފު ތެރެއިން ކުޅެން މަސައްކަތް ކުރި ބޯޅަ ހޯދައި، ޖަރުމަންގެ ހަފުގެ ތެރެއިން ބޯޅަ ހިފައިގެން ދުވެފައި އައިސް ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އެޑަމް ލަލާނާ ތިރިން ފޮނުވާލި ބޮޅަ އަމާޒުވީ ގޯލްގެ ދަނޑި އަށެވެ.

މެޗުގައި ޖަރުމަނުން އެދެވޭ ގޮތަކަށް ފޮނުވާލި ފުރަތަމަ ހަމަލާ ވެސް ފޮނުވާލީ ޕޮޑޮލޮސްކީ އެވެ. މެޗުގެ 37 ވަނަ މިނެޓްގައި އޭނާ ފޮނުވަލި ބޯޅަ ދިޔައީ ގޯލްގެ މަތީ ދަނޑިއަށް ވުރެވެސް މާ މަތިން ނެވެ.

ރޭގެ މެޗުގައި، ޕޮޑޮލޮސްކީ، ކާމިޔާބު ކޮށްދިން ލަނޑު ކާމިޔާބު ކުރީ މެޗުގެ 69 ވަނަ މިނެޓްގައެވެ. އެއީ ޖަރުމަނަށް އޭނާ ކާމިޔާބު ކޮށްދިން 49 ވަނަ ލަނޑެވެ.