އުރީދޫ

އުރީދޫގެ އޮފީސް ހުޅުމާލޭގައި އިމާރަތް ކުރަނީ

އުރީދޫގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ހަދަން އެ ކުންފުނިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއި ކޮއްފި އެވެ.

މިއަދު އެޗްޑީސީގެ މައި އޮފީހުގައި އޮތް ރަސްމިޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ އާއި އެޗްޑީސީ ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

އެޗްޑީސީ އިން ބުނީ މިއަދުވި އެ އެއްބަސްވުމަކީ ހުޅުމާލޭގެ ތަރައްގީއާ މެދު ސަރުކާރުން ދެކޭ ހުވަފެން ތައް ހަގީގަތައް ހަދަން ކުރިއަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭގައި ބިނާ ކުރުމަށް ހަމަޖެހިފައިވާ އުރީދޫގެ އޮފީހާއެކު ހުޅުމާލޭގެ ރައްޔިތުންނަށާއި ޒިޔާރަތް ކުރާ މީހުންނަށް ފަހުގެ ޓެކްނޮލޮޖީ އާއި އަތްގާތް ވެގެން ދާނެކަމަށް އެޗްޑީސީ އިން ބުންޔެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރި ސަރަހައްދުގައި ބިނާ ކުރުމަށް ހަމަޖެހިފައިވާ މި އޮފީސް އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް 30 މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީއިން ބުންޔެވެ.

މި އޮފީސް އިމާރާތުގެ މަސައްކަތް ނިމުމުން އުރީދޫއަކީ ހުޅުމާލޭގައި މައި އޮފީސް ހުންނަ ފުރަތަމަ ބައިންލްއަގުވާމީ ކުންފުނި ކަމުގައި ވެގެން ދާނެ އެވެ.