ލައިފްސްޓައިލް

މި ސްޕެގެޓީއަށް މާ ބައިވަރު ތަކެތި ބޭނުމެއް ނުވާނެ!

އާ ކަންކަން ތަޖުރިބާކުރުމަކީ، އިންސާނުންގެ ތަބީއަތުގައި ހަރުލާފައި ހުންނަ ކަމެކެވެ. އާ ކޮންމެ ކަމަކަށް އިންސާނުން އަބަދު ވެސް ވަރަށް ޝައުގުވެރިވާނެ އެވެ. މިއަދު ބަދިގެ ތެރޭގައި ވެސް އާ އެއްޗެއް ތަޖުރިބާ ކޮށްލަމާ ހިނގާށެވެ؟ މިއަދު ގެ ރެސިޕީއަކަށް ވެސް މާގިނަ ތަކެތި ބޭނުމެއް ނުވާނެ އެވެ. ވަރަށް ފަސޭހަކަމާ އެކު، ކުޑަ ވަގުތު ކޮޅަކުން މިއަދު ކެއުން ވެސް ތައްޔާރު ކޮށްލެވޭނެ އެެވެ.

ބޭނުންވާ ތަކެތި

1 ބޮނޑި ސްޕެގެޓީ
1/2 ސައި ސަމުސާ ލޮނު
1/2 ސައިސަމުސާ އަސޭމިރުސް
200ގ ޗެރީ ޓޮމާޓޯ (ދެފަޅިއަށް ފަޅާލާފައި)
3 މޭޒުމަތީ ސަމްސާ އެކްސްޓްރާ ވާޖިން އޮލިވް އޮއިލް
10 ޒައިތޫނި (ކަޅު ނުވަތަ ފެހި) ( ކޮށާފައި)
1 ސައިސަމުސާ ލުނބޯ ތޮށި (ގާނާފައި)
1 ލުނބޯ ގެ ދިޔަ
30ގ މޮޒަރެއްލާ ޗީޒް (ގާނާފައި)

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ސްޕެގެޓީ މަޑު ކޮށްލާށެވެ. ސްޕެގެޓީ މަޑު ކުރާއިރު ފެނުގެ ތެރަށް ލޮނާ ތެޔޮ އަޅަން ހަނދާން ނައްތާ ނުލައްޗެވެ. ސްޕެގެޓީ މަޑުވަމުން ދާއިރު ޒައިތޫނި ތެޔޮ ކޮޅުގެ ތެރޭގައި ޓޮމާޓޯއާއި ޒައިތޫނި އަޅާ އެއްކޮށްލާށެވެ. ދެން ލުނބޯ ހުތްކޮޅާއި ގާނާފައި ހުރި ތޮށި ކޮޅުވެސް އަޅާލާށެވެ. އަދި. ލޮނާ އަސޭމިރުސް އަޅާ ރަގަޅަށް އެއްކޮށްލާށެވެ.

ސްޕެގެޓީ މަޑު ވުމުން ފެނުން ނެގުމަށް ފަހު ޓޮމާޓޯ ކޮޅުގެ ތެރަށް އަޅާ އެއްކޮށްލާށެވެ. އަދި މައްޗަށް ޗީޒް ކޮޅު އަޅާލުމުން "ސްޕެގެޓީ ވިތު ޗެރީ ޓޮމާޓޯ އެންޑް އޮލިވްސް" ތައްޔާރު ކޮށް މި ނިމުނީ އެވެ.

މިއީ، މެންދުރުގެ ކެއުމަށާ، ހާއްސަ ހަފްލާތަކަށް ތައްޔާރު ކޮށްލެވޭނެ ފަސޭހަ، އަދި އެހާމެ މީރު ޑިޝް އެކެވެ.