އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކު ދުނިދަނޑި ޖެހުމުގެ އިންޑިއާގެ ރެކޯޑް ގާއިމުކޮށްފި އެވެ.
އަންނަ މަހު ތިން އަހަރުވާ ޑޮލީ ޝިވާނީ ޗެރުކުރީ އިންޑިއަން ބުކްސް އޮފް ރެކޯޑްސް އިން ޖާގަ ހޯދީ އިއްޔެ ބޭއްވި ޓްރަޔަލްއެއްގައި 200 އަށް ވުރެ ގިނަ ޕޮއިންޓް ހޯދައިގެން ކަމަށް ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އިން ބުންޏެވެ.
މި ކުއްޖާ ވަނީ ފަސް މީޓަރު ދުރުގައި ހުރެގެންނާއި ހަތް މީޓަރު ދުރުގައި ހުރެގެން 36 ދުނި އަމާޒަށް ޖަހައިފަ އެވެ. މި ދުރުމިންތަކުން 388 ޕޮއިންޓް ހޯދި އެވެ.
މި ރެކޯޑް ގާއިމުކޮށްފައި ވަނީ އިންޑިއަން ބުކްސް އޮފް ރެކޯޑްސްގެ އޮފިޝަލުންނާއި ކުޅިވަރުގެ މަޝްހޫރު ބައެއް ތަރިންގެ ހާޒިރުގަ އެވެ.
"މި ކުއްޖާއަށްޓަކައި އަހަރެމެން ފަހުރުވެރިވަން. އޭނާ އަހަރެމެންގެ ހިތް އަތުލައިފި،" އާޗަރީ އެސޯސިއޭޝަން އޮފް އިންޑިއާގެ އޮފިޝަލެއް ކަމަށްވާ ގުންޖަން އަބްރޯލް ބީބީސީ އަށް ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ކުއްޖާ އަކީ ޑޮލީ އަކީ ދުނިދަނޑި ޖެހުމުގެ ބައިނަލްއަގުވާމީ ފެންވަރުގެ ކޯޗެއް ކަމަށްވާ ޗެރުކުރީ ލެނިންގެ ކޮއްކޮއެކެވެ. ޗެރުކުރީ ވަނީ މަގުމަތީގެ އެކްސިޑެންޓެއްގައި 2010 ވަނަ އަހަރު މަރުވެފަ އެވެ. އެކަމަކު ޑޮލީ އަކީ ސަރޮގޭޓް ކޮށްގެން (އަނބިމީހާ ނޫން މީހެއްގެ ރަހިމުގައި ދަރި އަށަގަންނުވައިގެން) ހޯދާފައިވާ ދަރިއެކެވެ. ކުއްޖާގެ ބައްޕަ ބުނެފައި ވަނީ ވަރަށް ކުޑައިރުން ފެށިގެން ދުނިދަނޑީގެ ތަމްރީންތައް ދޭން ފަށާފައިވާ ކަމަށެވެ. --ބީބީސީ