މޯލްޑިވިއަން އައިޑޮލް 2

މިރޭގެ ޝޯއަށް ތައްޔާރުތަ؟

މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއްގެ މިރޭ ޝޯއަށް ފެށެން މިހާރު މިއޮތީ ކުޑަ ވަގުތު ކޮޅެކެވެ. މިރޭގެ ޝޯއަކީ ވެސް ތި އުއްމީދު ކުރާވަރުގެ ފޯރިގަދަ ޝޯއަކަށް ވެގެން ދާނެ އެވެ.

މިރެއަކީ އައިޑޮލްގެ މިފަހަރުގެ ގަދަ ނުވައެއް ކަށަވަރުވާނެ ރެ އެވެ. ރޭ ގަދަ 10 ބައިވެރިންގެ ހުށަހެޅުންތައް ހުށަހަޅައިދީފައިވާއިރު ބެލުންތެރިންނާއި ޖަޖުން މިހާރު ވަނީ މާކުސް ދީފަ އެވެ. ދެން އޮތީ އެލިމިނޭޝަން ވަގުތު ކޮޅަށް އިންތިޒާރު ކޮށްލުމެވެ.

އޭގެ ކުރިން މިރޭ ގަދަ 10 ބައިވެރިންގެ އިތުރު ހުށަހެޅުންތަކެއް ފެނިގެންދާނެ އެވެ. އެންމެ ފުރަތަމަ ފެނިގެން ދާނީ ގަދަ 10 ބައިވެރިންގެ ފޯރިގަދަ ގުރޫޕް ހުށަހެޅުމެކެވެ. އޭގެ ފަހުން ދެ ބައިވެރިން އެކުގައި ވަކިވަކި ލަވަތައް ހުށަހަޅައިދޭނެ އެވެ.

ގަދަ 10

  • މުހައްމަދު ރީހާން
  • މުހައްމަދު ތަސްނީމް (ބޮބް)
  • އިބްރާހީމް ވަހީދު (ބޮޑުބެ)
  • ޝަމްވީލް މުހައްމަދު
  • އަހްމަދު ނަބީލް
  • ހަމޫދު އަހްމަދު
  • ހަސަން އިރުފާން (ޒަކިއްޓެ)
  • އަހްމަދު ފަރަޝް
  • އައިޝަތު ޖައިޝާ
  • އަބްދުﷲ ހިޝާން

މިރޭ ޝޯގައި ބައިވެރިން ހުށަހަޅައިދޭނީ ރާއްޖޭގައި އުފެދުނު ވަރަށް މޮޅު ލަވަކިޔުންތެރިއެއްގެ ލަވަތަކެވެ. އެ ލަވަ ކިޔުންތެރިޔާ މިރޭ ހާއްސަ ޖަޖެއްގެ ގޮތުގައި ޝޯއިން ފެންނާނެ އެވެ. އޭނާގެ ކޮންމެ ލަވައަކީ ވެސް ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލުވި ލަވަތަކެކެވެ. އެހެންކަމުން މިރޭ މުޅިން ވެސް އިވިގެންދާނީ ހިތްގައިމު ލަވަތަކެވެ. އެހެންކަމުން ގަދަ ނުވައެއް ކަށަވަރުކުރާ މިރޭގެ ޝޯއަށް އިންތިޒާރުކޮށްލާށެވެ.