މޯލްޑިވިއަން އައިޑޮލް

ވަރުގަދަ އަޑުގެ ވެރިޔާ ރީހާން އެންމެން ރޮއްވައި ޝޯއާ ވަކިވެއްޖެ

މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއްގެ ގަދަ ނުވައަކުން ފުރުސަތު ނުލިބި މުހައްމަދު ރީހާން ޝޯއާ ވަކިވެއްޖެ އެވެ.

މުހައްމަދު ރީހާން ޝޯއާ ވަކިވާން ޖެހުނީ ޖަޖުންގެ މާކުސް އާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ މަދުން މާކްސް ލިބުމުންނެވެ. އޭނާ ވަކިވުމުން ޝޯގެ ގަދަ ނުވައެއް ވަނީ ކަށަވަރުވެފަ އެވެ.

ގަދަ 9

  • ހަސަން އިރުފާން
  • މުހައްމަދު ތަސްނީމް (ބޮބް)
  • އިބްރާހީމް ވަހީދު (ބޮޑުބެ)
  • ޝަމްވީލް މުހައްމަދު
  • އަހްމަދު ނަބީލް
  • ހަމޫދު އަހްމަދު
  • އަހްމަދު ފަރަޝް
  • އައިޝަތު ޖައިޝާ
  • އަބްދުﷲ ހިޝާން

މިރޭގެ ޝޯގައި އައިޑޮލްގެ ގަދަ ނުވައެއް ހޮވިއިރު އަންނަ ހަފުތާ ވެގެން ދާނީ އަނެއްކާވެސް ފޯރިގަދަ ހަފުތާއަކަށެވެ. ގަދަ 10 ގެ ކުރިމަތިލުން ވެސް ވަރުގަދައިރު ގަދަ ނުވައެއްގެ ކުރިމަތިލުން ވެގެން ދާނީ އަދި އެއަށްވުރެ ވާދަވެރި ކުރިމަތިލުމަކަށެވެ. މިހާރު ބައިވެރިޔަކަށް ދޫކުރާ ހަމަ އެއްވެސް ބައިވެރިޔަކު ޝޯގައި ނެތެވެ.