ވިޔަފާރި

ފިނޭންސުގެ މައުލޫމާތު ފޯރުކޮށްދޭން "1617"

Mar 30, 2017
1
  • ޕޭމަންޓާއި ބިޑްތަކުގެ މައުލޫމާތު ލިބޭނެ
  • އަހަރު ނިމުމުގެ ކުރިން ހިދުމަތް ފުޅާކުރާނެ

ފިނޭންސް މިނިސްޓްރީގެ މައުލޫމާތު ދިނުމަށް 1617 ހޮޓްލައިން މިއަދު ތައާރަފުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި "1617" ހޮޓްލައިން ތައާރަފު ކޮށްދެއްވީ، އެ މިނިސްޓްރީގައި 22 އަހަރު ހިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ހިދުމަތް ކުރަމުން ގެންދަވާ ސީނިޔަ އެޑްމިން އޮފިސަރު ފާތިމަތު ރައީފާ އެވެ.

މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ ކޯލް ސެންޓުގެ ހިދުމަތް ފެށީ، އެ މިނިސްޓްރީން ދޭ ހިދުމަތްތަކުގެ މައުލޫމާތު ފަސޭހަ ކަމާއެކު ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން. ރައްޔިތުނަށް ދޭ ހިދުމަތްތައް އަވަސްކޮށް ދިނުން. މިހާރު ފިނޭންސް މިނިސްޓްރީ [އަޅުގަނޑުމެންނަށް] އަށް އަންނަ ކޯލްތަކުގެ 80 ޕަސެންޓަކީ ޕޭމަންޓް ކަންތަކުގައި އަންނަ ކޯލްތައް. އެހެންވެ މުޅި ފިނޭންސް މިނިސްޓްރީ މިހާރު ވެފައި އޮންނަނީ ކޯލް ސެންޓަރަކަށް. ނަމަވެސް މި ހިދުމަތް ތައާރަފު ކުރުމުން އެއް ނަމްބަރަކަށް ގުޅާލައިގެން މިފަދަ މައުލޫމާތުތައް ހޯދޭނެ،" މިނިސްޓަރު

ފިނޭންސް މިނިސްޓްރީން ތައާރަފު ކުރި "1617" ހޮޓްލައިނުން ޕޭމަންޓާއި ބިޑްތަކާއި ގުޅޭ މައުލޫމާތު ދޭނެ އެވެ. މި ސެންޓަރުން ހިދުމަތް ލިބޭނީ ހެނދުނު 8:00 އިން މެންދުރު 2:00 އަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ހަމައެކަނި ހޮޓްލައިނެއްގެ ގޮތުގައި ހުރިނަމަވެސް، މުސްތަގުބަލުގައި މި ހިދުމަތުގެ ފެންވަރު ވަރަށް ބޮޑުތަން ރަނގަޅު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ކަސްޓަމަރު [ރައްޔިތުން މީހާ] ބޭނުންވާ މައުލޫމާތު އެސްއެމްއެސް އަކުން ލިބޭނެ އިންތިޒާމު ހަމަޖެހުން. މަގުސަދަކީ މި އަހަރު ނިމުމުގެ ކުރިން މި ހިދުމަތްތައް ފުރިހަމަ ކުރުން،" މުނައްވަރު ވިދާޅުވި އެވެ.