ވިޔަފާރި

ދައުލަތުގެ މާލީ ނިޒާމު ވަރުގަދަ ކުރަން ވޯލްޑް ބޭންކުން 12 މިލިއަން ޑޮލަރު ދީފި

Jul 31, 2018
4

ދައުލަތުގެ މާލީއްޔަތު ބެލެހެއްޓުން ވަރުގަދަ ކުރަން، ވޯލްޑް ބޭންކުން 12 މިލިއަން ޑޮލަރުގެ ލަރުގެ ފައިނޭންޝަލް ޕެކޭޖެއް ދިވެހި ސަރުކާރަށް ދީފި އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ. އަދި ވޯލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ރިޑިހޮ އެވެ.

މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ ވޯލްޑް ބޭންކުގެ ލަރުގެ ފައިނޭންޝަލް ޕެކޭޖުގެ ބޮޑު ބަޔަކީ ހިލޭ އެހީގެ ގޮތުގައި ރާއްޖެ އަށް ދީފައިވާ ފައިސާ ކަމަށެވެ. އަދި މި އެހީގެ ބޭނުންކޮށްގެން ސަރުކާރުގެ މާލީ ނިޒާމު ބެލެހެއްޓުން ވަރުގަދަކޮށް، އެކަމަށް ބޭނުންވާ ސިސްޓަމްތައް އުފައްދައި މީހުންވެސް ތަމްރީން ކުރާނެ ކަމަށެވެ.

"ކުރިން ބަޖެޓް ތައްޔާރު ކުރުމުގައި ވެސް މި ބޭނުންކުރަނީ އެކްސެލް. އެއީ މާކަ އެކަށީގެންވާ ގޮތެއް ނޫން. ނަމަވެސް މި އަހަރު [2018] އަދި [2019] ގެ ބަޖެޓް ތައްޔާރު ކުރާނީ ގުޅިފައިވާ މި ސިސްޓަމުން،" މުނައްވަރު ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން ރާއްޖެއަށް މި އެހީ ދޭން ނިންމާފައިވަނީ މިދިޔަ މަހު އެވެ. ވޯލްޑް ބޭންކުގެ ބޯޑުން ނިންމި މި ނިންމުގައި ބުނެފައިވަނީ މި ފައިސާގެ ބޭނުމަކީ ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމް އިތުރަށް ހަރުދަނާ ކުރުމާއި ދަރަންޏާއި ކޭޝް މެނޭޖްމަންޓް އަދި ފައިނޭންޝަލް ރިޕޯޓިންގެ އިތުރުން ޕްރޮކިއުމަންޓް މަސައްކަތްތައް ޕްލޭންކޮށް ބަޖެޓު ކުރުން ވަރުގަދަ ކުރުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވޯލްޑް ބޭންކުގެ ކަންޓްރީ ޑިރެކްޓަރު އައިޑާ ރިޑިހޮ ވިދާޅުވީ ދިވެހި ސަރުކާރަށް ދޭ އެހީގެ ބޭނުން ހިފައި ބޮޑެތި ބަދަލުތައް ގެންނަމުންދާތަން ފެންނަމުންދާ ކަމަށެވެ.

"މި އެހީގެ ސަބަބުން ބަޖެޓު ސިސްޓަމް ވަރުގަދަ ވެގެންދާނެ. ހަމައެހެންވެ ޕަބްލިކާއި މައުލޫމާތު ކޮންމެހެން ބޭނުންވާ އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ބޭނުންވާނެ މައުލޫމާތުތައް ލިބުމަށް މަގު ފަހި ވެގެންދާނެ،" އައިޑާ ރިޑިހޮ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއެހީގެ ސަބަބުން އަންނަ ބަދަލުތަކުގެ ނަތީޖާއަކީ ހަމައެކަނި ދެފުށްފެންނަ ގޮތަށް މައުލޫމާތު ލިބުން އެކަނި ނޫން ކަމަށެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތައް މެކޭނިޒަމް ވަރުގަދަ ކުރުމަށްވެސް އެހީއަކަށް ވެގެން ދާނެ،" އައިޑާ ރިޑިހޮ ވިދާޅުވި އެވެ.

ރާއްޖޭގެ ރާއްޖޭގެ މާލީ ނިޒާމު ވަރުގަދަ ކުރަން ވޯލްޑް ބޭންކުން އެހީއެއް ދިންއިރު، އެ ބޭންކުން ދާދިފަހުން ވަނީ ރާއްޖޭގެ ކުނި މެނޭޖު ކުރަންވެސް 17 މިލިއަން ޑޮލަރު ދީފަ އެވެ.