އަހަރު ދެބައި ވިއިރު، ދައުލަތުގެ ބަޖެޓުން 12.7 ބިލިއަން ރުފިޔާ ހޭދަކުރިއިރު އާމްދަނީގެ ގޮތުގައި ދައުލަތަށް 10.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތައް "މަންތްލީ ފިޒްކަލް ޑިވްލޮޕްމަންޓް" ގައިވާ ގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 12.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި އަހަރުގެ ބަޖެޓުގައި ޖުމްލައަކީ 27 ބިލިއަން ރުފިޔާ އެވެ. އަދި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 22 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޖޫން މަހު އެންމެ ބޮޑު ހޭދައެއް ބަޖެޓުން ކޮށްފައިވަނީ ސަރުކާރު މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށެވެ. ޕެންޝަނާއި މުސާރައަށް 760.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި ދެން އެންމެ ބޮޑު ހޭދައެއް ކުރީ އެޑްމިން އަދި އޮޕަރޭޝަން އެކްސްޕެންސަސްއަށް 515.4 މިލިއަން ރުފިޔާ އެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ޖޫން މަހު 80.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މީގެ އިތުރުން ކެޕިޓަލް އިކްއިޕްމަންޓަށް 47 މިލިއަން ރުފިޔާ އަދި އެހެނިހެން ހަރަދުތަކުގެ ގޮތުގައި 133.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ޖޫން މަހު ދައުލަތަށް އެންމެ ގިނަ އިން އާމްދަނީ ލިބިފައިވަނީ ޓެކުހުންނެވެ. އެގޮތުން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީގެ ގޮތުގައި 466.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) ގެ ގޮތުގައި 429.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން 222.2 މިލިއަން ރުފިޔާ އަދި އެހެނިގެން ޓެކްސް ތަކުން 327.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެހެނިހެން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 103.8 މިލިއަން ރުފިޔާ އަދި ފީ އާއި ޖޫރިމަނާގެ ގޮތުގައި 119.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
2018 ދައުލަތުގެ ބަޖެޓު ކުރުކޮށް
- ޖުމްލަ ބަޖެޓް 27 ބިލިއަން ރުފިޔާ
- އާމްދަނީ 22 ބިލިއަން ރުފިޔާ
- ޑެފިސިޓް 2.5 ބިލިއަން ރުފިޔާގައި
ފިނޭންސްގެ ހިސާބުތަކުގައިވާ ގޮތުން ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) ގެ ގޮތުގައި 429.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން 222.2 މިލިއަން ރުފިޔާ އަދި އެހެނިގެން ޓެކްސް ތަކުން 327.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެހެނިހެން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 103.8 މިލިއަން ރުފިޔާ އަދި ފީ އާއި ޖޫރިމަނާގެ ގޮތުގައި 119.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ މާލީ ނިޒާމު ވަރުގަދަ ކުރަން ވޯލްޑް ބޭންކްއާއެކު ހާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ. ވޯލްޑް ބޭންކުގެ މާލީއެހީއާއެކު ކުރާ މި މަސައްކަތުގެ ދަށުން ދައުލަތުގެ ހަރަދާއި އާމްދަނީ އަދި ދަރަނީގެ މައުލޫމާތުވެސް ތަފުސީލުކޮށް އާއްމު ކުރަން ފަށާނެ ކަމަށް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ ވިދާޅުވެފަ އެވެ.