ހަބަރު

ޖެންގެ "އާފްޓާ އަވާސް" ފޮޓޯ މުބާރާތުގެ އެއްވަނަ ހޮވައިފި

ހޮޓެލް ޖެންގެ "އާފްޓާ އަވާސް" ފޮޓޯ މުބާރާތުގެ އެންމެ މޮޅު ފޮޓޯ ނެގި ފަރާތް ހޮވާ އެފަރާތަށް އިނާމު ދީފި އެވެ.

މި މަހު 11 އިން 20 އަށް އާންމުންނަށް ހުޅުވާލި މުބާރާތުގެ އެންމެ މޮޅު ފޮޓޯ ނަގާފައިވަނީ އަލީ ޝާފިއު އެވެ.

ހޮޓެލް ޖެން ގެ ބްރޭންޑް ކެމްޕެއިންގެ ގޮތުގައި ހިންގައިފައިވާ އާފްޓާ އަވާސް ފޮޓޯ މުބާރާތަކީ އެ ހޮޓެލް ހުންނަ 10 މަންޒިލެއްގެ ރޭގަނޑުގެ ދިރިއުޅުން ތީމެއްގެ ގޮތުގައި ބޭނުން ކޮށްގެން ހިންގައިފައިވާ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ ދަށުން ރާއްޖޭގައި ބޭއްވި މުބާރާތުގައި 80 ފޮޓޯ ހުށަހެޅި އެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ހަފްލާ ގައި މި މުބާރާތުގެ އެންމެ މޮޅު ފޮޓޯ ނެގި ޝާފިއުއަށް މެލޭޝިއާގައި ހުންނަ ހޮޓެލް ޖެން ޕުޓެރި ހާބާގައި ދެ މީހަކަށް ހެދުނުގެ ނާސްތާއާއެކު ފަސް ދުވަހުގެ ހުރުން ދިނެވެ.