ޓެކްނޯލޮޖީ

ޑޮމިނޯސްގެ ޕިއްޒާ ޑެލިވަރީތަކަށް ރޮބޮޓް!

ޑޮމިނޯސް ޕިއްޒާއިންއިން ޔޫރަޕްގައި ޕިއްޒާ ޑެލިވަރީ ކުރަން އިންސާނުންގެ އެހީއަކާ ނުލާ ދުވާ ރޮބޮޓު ބޭނުން ކުރަން ފަށައިފި އެވެ.

މި ޕިއްޒާ ޑެލިވަރީ ކޮއްދޭ ރޮބޮޓުތައް އުފައްދާފައިވަނީ މަޝްހޫރު ޕިއްޒާ ބްރޭންޑް ޑޮމިނޯސް އާއި ސްޓާފްލީޓް ޓެކްނޮލޮޖީސް ގުޅިގެންނެވެ. އެ ގޮތުން ޖަރުމަނާއި ހޮލެންޑުގެ ބައެއް ސިޓީ ތަކުގައި ހަ ފުރުޅުލީ މި ރޮބޮޓުތަކުގެ އެހީގައި ޑޮމިނޯސްއިން ޕިއްޒާ ޑެލިވަރީ ކުރަން ވަނީ ފަށާފަ އެވެ.

މީގެ ކުރިންވެސް އެ ކުންފުނިން އަންނަނީ ޑެލިވަރީ ކުރުމަށް ރޮބޮޓް އާއި ޑްރޯން ޓެކްނޮލޮޖީ ދިރާސާ ކުރަމަށް ޑޮމިނޯސް ރޮބޮޓިކް ޔުނިޓްގެ ނަމުގައި ވަކި ޑިޕާޓްމެންޓެއް ހިންގަމުންނެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑޮނަލްޑް ޖެފްރީ މިއިޖް ވިދާޅުވީ ރޮބޮޓު އަދި ޑްރޯން ޓެކްނޮލޮޖީއަކީ އެ ކުންފުނިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަައް ހާސިލް ކުރުމަށް ބޭނުން ހިފަންޖެހޭ ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ. އަދި މިހާރު ޑެލިވަރީ ކުރުމުގައި ރޮބޮޓުންގެ އިތުރުން އާންމުކޮށް ޑެލިވަރީ ކުރާ ވަސީލަތްތައް ބޭނުން ކުރި ނަމަވެސް ކައިރި މުސްތަގްބަލެއްގައި ޑެލިވަރީ ކުރުމަށް ބޭނުން ކުރާނީ ހަމައެކަނި ރޮބޮޓުންނާއި ޑްރޯނުން ކަމަށެވެ.

މި ރޮބޮޓު ފަރުމާކުރި ސްޓާޝިޕް ޓެކްނޮލޮޖީސްއިން މި ރޮބޮޓުގައި ހިމަނާފައިވާ ޖީޕީއެސް ސެންސަރު އެހީގައި ޑޮމިނޯސްގެ ޕިޒޭރިއާއިން އޯޑަރު ދީފައިވާ ތަނަށް ދެވޭނެ އެންމެ ފަސޭހަ މަގު ކަނޑައަޅަ އެވެ. އަދި މީގައި ހިމަނާފައިވާ ޕާސެޕްޝަން ސެންސަރުތަކުގެ އެހީގައި ދަތުރު ކުރާއިރު ކުރިމަތިވާ ހުރަސްތައް ގިރާ ކުރުމުގެ ގާބިލް ކަންވެސް މި ރޮބޮޓަށް ލިބިފައިވެ އެވެ.

އޯޑަރު ލިބުމާއެކު އެ ރެސްޓޯރެންޓުގެ މުއައްޒަފުން ކާނާ ރައްކާ ކުރުމަށް ހަމަޖެހިފައިވާ ބަޔައް ޕިއްޒާލުމުން ކަސްޓަމަރަށް އެ އޯޑަރު އައުމުގެ މަގުމަތީގައިވާކަން މެސެޖް ކުރެވެ އެވެ. އަދި މި ރޮބޮޓުތައް ދާންޖެހޭ މަންޒިލާ ހަމައަށް ދެވުމާއެކު ޕިއްޒާ އޯޑަރު ކުރި ފަރާތަށް އެ ރޮބޮޓުގެ ކާނާ ރައްކާކޮއްފައިވާ ވަތްގަނޑު ހުޅުވާލެވޭނެ ކޯޑު ވެސް އެފަރާތައް މެސެޖް ކުރެވޭނެ އެވެ.

ޑޮމިނޯސް ގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނުގެ ރެސްޓޯރެންޓް އެއް ކަމައްވާ "ޖަސްޓްއީޓް" އިން ދަނީ ރޮބޮޓުންގެ އެހީގައި ކާނާ އެ ރެސްޓޯރެންޓުގެ ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެމުންނެވެ.