މޯލްޑިވިއަން އައިޑޮލް 2

ދިވެހި ރޮކް އެންޑް ރޯލް: މިރޭ ވަރަށް މަޖާ ވާނެ

މޯލްޑިވިއަން އައިޑޮލްގެ މިރޭގެ ޝޯގެ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފަ އެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި މިރޭގެ ޝޯ ވަރަށް ތަފާތުވާނެ އެވެ. މިރޭގެ ޝޯގެ ތީމް ހަމަ ވަރަށް ތަފާތެވެ.

ގަދަ ނުވައެއްގެ ކުރިމަތިލުން ފެނިގެންދާ މިރޭގެ ޝޯގެ ތީމަކީ "ދިވެހި ރޮކް އެންޑް ރޯލް" އެވެ. މި ތީމަށް ބައިވެރިން ހުށަހަޅާފައިވަނީ ވަރަށް ފޯރިގަދަ މަޖާ ލަވަތަކެކެވެ. ނުވަ ބައިވެރިންގެ ލަވަތައް ވެސް ހަމަ އެހާ ފޯރިގަދަ އެވެ.

މިރޭ ވެގެން ދާނީ މިހާތަނަށް ފެންނާނެ އެންމެ ފޯރިގަދަ މަޖާ ޝޯއަށް ވެގެންދާނެ އެވެ.

ގަދަ ނުވައެއް

  • މުހައްމަދު ތަސްނީމް (ބޮބް)
  • އިބްރާހީމް ވަހީދު (ބޮޑުބެ)
  • ޝަމްވީލް މުހައްމަދު
  • އަހްމަދު ނަބީލް
  • ހަމޫދު އަހްމަދު
  • ހަސަން އިރުފާން (ޒަކިއްޓެ)
  • އަހްމަދު ފަރަޝް
  • އައިޝަތު ޖައިޝާ
  • އަބްދުﷲ ހިޝާން

ބައިވެރިންގެ ވަރަށް ފޯރިގަދަ ލަވަތަކާއެކު އެ ބައިވެރިންގެ ނެށުމުގެ ހުނަރުތައް ވެސް މިރޭ ފެށިގެންދާނެ އެވެ. މީގެ ކުރިން މަޑުމަޑުން ތިބިގެން ލަވަ ހުށަހަޅައިދިން ބައިވެރިން ވެސް މިރޭ ސްޓޭޖް މަތީގައި ގަދައަށް ނަށާ ތަން ފެނިގެން ދާނެ އެވެ.

އޭގެ އިތުރުން ބައިވެރިން މިރޭ ފެނިގެން ދާނީ ވެސް ވަރަށް ތަފާތުކޮށެވެ. ތީމަށް ވަރަށް ބޮޑަށް ބައިވެރިން ތިބީ ވަދެފަ އެވެ. ބައިވެރިން ފެނިގެން ދާނީ ތަފާތު ކުލަތަކުގެ ކުލަ މަޖާ ހެދުންތަކުގަ އެވެ.