މޯލްޑިވިއަން އައިޑޮލް

މަގުބޫލް ބަތަލާއަކާއެކު މިރޭ މޫވީ ނައިޓް

މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއްގެ މިރޭ ޝޯއަށް ފެށެން މިހާރު މިއޮތީ ކުޑަ ވަގުތު ކޮޅެކެވެ. މިރޭގެ ޝޯއަކީ ވެސް އުއްމީދު ކުރާވަރުގެ ފޯރިގަދަ ޝޯއަކަށް ވެގެން ދާނެ އެވެ.

މިރެއަކީ އައިޑޮލްގެ މިފަހަރުގެ ގަދަ އަށެއް ކަށަވަރުވާނެ ރެ އެވެ. ރޭ ގަދަ ނުވަ ބައިވެރިންގެ ހުށަހެޅުންތައް ހުށަހަޅައި ދީފައިވާއިރު ބެލުންތެރިންނާއި ޖަޖުން މިހާރު ވަނީ މާކުސް ދީފަ އެވެ. ދެން އޮތީ އެލިމިނޭޝަން ވަގުތު ކޮޅަށް އިންތިޒާރު ކޮށްލުމެވެ.

އޭގެ ކުރިން މިރޭ ގަދަ ނުވަ ބައިވެރިންގެ އިތުރު ހުށަހެޅުންތަކެއް ފެނިގެންދާނެ އެވެ. އެންމެ ފުރަތަމަ ފެނިގެން ދާނީ ގަދަ ނުވަ ބައިވެރިންގެ ފޯރިގަދަ ގުރޫޕް ހުށަހެޅުމެކެވެ. އޭގެ ފަހުން ދެ ބައިވެރިން އެކުގައި ވަކިވަކި ލަވަތައް ހުށަހަޅައިދޭނެ އެވެ.

ގަދަ ނުވައެއް

  • މުހައްމަދު ތަސްނީމް (ބޮބް)
  • އިބްރާހީމް ވަހީދު (ބޮޑުބެ)
  • ޝަމްވީލް މުހައްމަދު
  • އަހްމަދު ނަބީލް
  • ހަމޫދު އަހްމަދު
  • ހަސަން އިރުފާން (ޒަކިއްޓެ)
  • އަހްމަދު ފަރަޝް
  • އައިޝަތު ޖައިޝާ
  • އަބްދުﷲ ހިޝާން

މިރޭ ޝޯއަކީ "މޫވީ ނައިޓް" ތީމަށް ހާއްސަ ކޮށްފައިވާ ރެއެކެވެ. ފިލްމީ ލަވަތަކެއް މިރޭ ފެނިގެން ދާއިރު ވަރަށް މަޝްހޫރު ފިލްމީ ބަތަލާއެއް ވެސް މިރޭގެ ޝޯއިން ފެނިގެންދާނެ އެވެ.

ބަތަލާއާއެކު ބައިވެރިންގެ އެކްޓިން ހުނަރުތައް ވެސް މިރޭ ފެނިގެންދާނެ އެވެ. ރޭ ރޮކް އެންޑް ރޯލް ތީމްގައި ބައިވެރިން ނެށުމުގެ ހުނަރު ދައްކާލިއިރު މިރޭ އެކްޓިން ހުނަރު ދައްކާލާނެ އެވެ. މިރޭގެ ޝޯއަށް ވެސް އިންތިޒާރު ކޮށްލާށެވެ.