ފިނިޕޭޖް

މިފަހަރު ޝޯއާ ވަކިވާން ޖެހުނީ ޒަކިއްޓެ އަށް

Apr 2, 2017

މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއްގެ ގަދަ އަށަކުން ފުރުސަތު ނުލިބި ހަސަން އިރުފާން (ޒަކިއްޓެ) ޝޯއާ ވަކިވެއްޖެ އެވެ.

ޒަކިއްޓެ ޝޯއާ ވަކިވާން ޖެހުނީ ޖަޖުންގެ މާކުސް އާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ މަދުން މާކްސް ލިބުމުންނެވެ. އޭނާ ވަކިވުމުން ޝޯގެ ގަދަ އަށެއް ވަނީ ކަށަވަރުވެފަ އެވެ.

ގަދަ އަށެއް

  • ހަމޫދު އަހްމަދު
  • އިބްރާހީމް ވަހީދު (ބޮޑުބެ)
  • މުހައްމަދު ތަސްނީމް (ބޮބް)
  • ޝަމްވީލް މުހައްމަދު
  • އަހްމަދު ނަބީލް
  • އަހްމަދު ފަރަޝް
  • އައިޝަތު ޖައިޝާ
  • އަބްދުﷲ ހިޝާން

މިރޭގެ ޝޯގައި އައިޑޮލްގެ ގަދަ އަށެއް ހޮވިއިރު އަންނަ ހަފުތާ ގަދަ އަށެއްގެ ވަރުގަދަ ކުރިމަތިލުން ފެނިގެންދާނެ އެވެ. ގަދަ ނުވައެއް ގެ ކުރިމަތިލުން ވެސް ވަރުގަދައިރު ގަދަ އަށެއްގެ ކުރިމަތިލުން ވެގެން ދާނީ އަދި އެއަށްވުރެ ވާދަވެރި ކުރިމަތިލުމަކަށެވެ. މިހާރު ބައިވެރިޔަކަށް ދޫކުރާ ހަމަ އެއްވެސް ބައިވެރިޔަކު ޝޯގައި ނެތެވެ.