ކުނި މެނޭޖް ކުރުން

އައްޑޫގައި ކުނި ނެގުމުގެ ހިދުމަތް ރަޖިސްޓާ ވާން ހުޅުވާލާފި

އައްޑޫ ސިޓީގެ ގޭގެއިން ކުނި ނެގުމުގެ ހިދުމަތުގައި ރަޖިސްޓާ ވުމަށް ވެމްކޯއިން ހުޅުވާލައިފި އެވެ.

އައްޑު އަތޮޅުގެ ރަށްރަށުގެ ގޭގައި އުފެދޭ ކުނި ނެގުމުގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ވެމްކޯއިން ހުޅުވާލީ މިއަދު އެވެ. ވެމްކޯގެ ސައުތު ރީޖަނަލް އޮފީހުގައި މި ހިދުމަތް ބޭނުންވާ ފަރާތް ތަަކަށް ހަފްތާއަކު ތިންދުވަހު ރަޖިސްޓާ ވެވޭނެ އެވެ.

މި ހިދުމަތް ހޯދާ ފަރާތް ތަކުން ކޮންމެ މަހަކު ދައްކަންޖެހޭނީ 100 ރުފިޔާގެ ފީއެކެވެ. މި ހިދުމަތުގައި އައްޑޫގެ ގޭގެއިން ކުނި ނެގުމަށް ހާއްސަ އުޅަނދު، ކޮމްޕެކްޓާ ޓްރަކް ބޭނުން ކުރާނެއެވެ.

ވެމްކޯ އިން އަންނަނީ އައްޑޫގެ ހުރިހާ ގެތަކެއް ގެ އިތުރުން މާލެ މަޖީދީމަގުން ދެކުނު ހުރިހާ ގެތަކަށް ވެސް ހިދުމަތް ދެމުންނެވެ.