ހޮލީވުޑް

މި މަހު ކޮންމެހެން ވެސް ބަލަންޖެހޭ ފިލްމުތައް އެބަހުރި

Apr 4, 2017

މި އޭޕްރީލް މަހަކީ ސިނަމާތަކަށް ގިނަ ފިލްމުތަކެއް ނުކުންނާނެ މަހެކެވެ. އެގޮތުން މިހާރު ވެސް ފިލްމްތައް އޮތީ ކިޔޫއެއްގަ އެވެ. ސައިކޮލަޖިކަލް ތްރީލާ ތަކާއި ކޮމެޑީ ފިލްމްތައް ވެސް އޮތީ އެވެ. އެގޮތުން މިމަހު ރިލީޒް ކުރާ ފިލްމު ތަކުގެ ތެރެއިން މި ނުވަ ފިލްމަކީ ނުބަލާ ދޫކޮށްލާ ވަރުގެ ފިލްމުތަކެއް ނޫނެވެ.

އަ ކުއައިޓް ޕެޝަން

ޅެން ވެރިއެއް ކަމަށްވާ އެމިލީ ޑިކިންޝަންގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމުގެ ޑައިރެކްޓް ކުރަނީ އިނގިރޭސި ޑައިރެކްޓަރު ޓެރެންސް ޑެވީސް އެވެ. މި ފިލްމުން ޑިކިންޝަންގެ ހަޔާތުގައި ހިނގާފައިހުރި ހާދިސާތައް ދައްކުވައިދެ އެވެ. އޭޕްރީލް 14 ގައި މި ފިލްމު އެމެރިކާގައި ރިލީސް ކުރާއިރު، ހޮންކޮންގައި ކުރާނީ 15 ވަނަ ދުވަހު އެވެ. އަދި ފުރާންސްގައި މި ފިލްމު އަޅުވާނީ މެއި ތިންވަނަ ދުވަހު އެވެ.

ދަ ފޭޓް އޮފް ދަ ފިއުރިއަސް

މިއީ އިތުރު ތައާރަފަކަށް ވެސް ބޭނުންނުވާ ފާސްޓް އެންޑް ފިއުރިއަސްގެ ފުރެންޗައިޒަށް އިތުރުވާ ބޮޅެކެވެ. އެފް ގެރީ ގްރޭ ޑައިރެކްޓްކުރާ މި ފިލްމުން މި ފަހަރު އަލަށް ފެނިގެންދާނީ ވިލަން އެއްގެ ބައިން ޗާލިސް ތެރޮން އެވެ. މީގެ އިތުރުން ވެސް މި ފިލްމުގެ މައި އެއް ކެރެކްޓާ ޑީސަލް މިފަހަރު ވެސް ފެނިގެންދާނެ އެވެ. ފާސްޓް އެންޑް ފިއުރަސް ސީރީޒްގެ އެހެން ފިލުމްތަކެކޭ ވެސް އެއްގޮތަށް ހެއްވާ މަޖާ އެކްޝަން ގިނަ މަންޒަރުތަކެއް މި ފިލްމުގައި ވެސް ދައްކުވައިދެ އެވެ. ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 12 ވަނަ ދުވަހު އެވެ.

ދެއާ ފައިނެސްޓް

މިއީ ލޯބީގެ ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭނެ ފިލްމެކެވެ. ލޯން ޝާފިގް ޑައިރެކްޓްކޮށްފައިވާ މި ފިލްމު އެމެރިކާގައި އަޅުވާނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. މިއީ ހޮލީވުޑް އޯލްޑް ފެޝަން ސްޓައިލަށް އުފައްދާފައިވާ ފިލްމެކެވެ.

ގެޓް އައުޓް

ބިރުވެރި އަދި ހެއްވާ މަޖާ ކަންތައްތަކެއް ވެސް ހިމެނޭ މި ފިލްމުގައި ކަޅު މީހުންނާއި ދޭތެރޭ ކުރާ ތަފާތު ދައްކުވައިދޭނެ އެވެ. ޑެނިއަލް ކްލަޔާ ލީޑްރޯލުން ފެނިގެންދާ މި ފިލްމުގައި ދައްކުވައިދެނީ ކަޅު ނަސްލުގެ ފިރެހެނަކު މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ދޮން އަންހެން ކުއްޖާ ދިމާވެ ހިނގާ ކަންތައްތަކެވެ. ޖޯޑަން ޕީލްސް ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ރިލީޒް ކުރާނީ މިމަހުގެ ހަތެއް ގަ އެވެ.

ކޮލޯސޮލް

އޭން ހޭތުވޭ ފެނިގެންދާ މި ފިލްމަކީ ވަރަށް ތަފާތު ފިލްމެކެވެ. މިއީ ހޭތުވޭގެ ފޭނުން ކޮންމެހެން ވެސް ބަލަންވާނެ ފިލެމެކެވެ. ހެއްވާ މަޖާ ކަންތައްތަކެއް ހިމެނޭ މި ފިލްމު އެމެރިކާގައި އަޅުވާނީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.

ދި ހޭންޑް މެއިޑެން

މިއީ ކޮރެއާ އަންހެނަކު އޭނާގެ މެއިޑްއާ ދެމެދު ހިނގާ ކަންތައްތަކެއްގެ މައްޗަށް އުފައްދާފައިވާ ސައިކޮލޮޖިކަލް ތްރިލާ އެކެވެ. މިމަހުގެ ހަތް ވަނަ ދުވަހު ނޯވޭގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގައި ވާނުވާ ނޭންގޭ އަދި ބެލުންތެރިން ނޭވާ ހިފަހައްޓައިލައިގެން ތިބޭ ކަހަލަ އެތަށް މަންޒަރުތަކެއް ހިމެނޭނެ ކަމަށް ވެއެވެ.