ލައިފްސްޓައިލް

ކެމިކަލް ހަމަލާއިން އާއިލާއެއްގެ 16 މީހުން މަރު

ސީރިއާގެ އުތުރުގައި އޮންނަ އިދްލިބް އަވަށަށް ނިްސްބަތްވާ އުމުރުން 29 އަހަރުގެ އަބްދުލްހާމިދު އަލް ޔޫސުފް އަށް މިދިޔަ އަންގާރަ ދުވަހުވެސް ދުވަސް ފަށައިގަތީ ވަކި ތަފާތެއް ނެތި އެވެ. ނަމަބވެސް ދުވަސް ފެށުނުތާ މާގިނައިރެއް ނުވެ ދެން އިވެންފެށީ ދިޔައީ މަތިންދާބޯޓްތަކުގެ އަޑާއި ބޮމުގެ އަޑުފައްގަނޑެވެ. މަތިންދާ ބޯޓުތަކުން ދިޔައީ ވިހަ ގޭހުގެ ހަމަލާތަކެއް ދީފަ އެވެ.

ހެނދުނު ހޭލި ގޮތަށް 6:30 ހާއިރު ޔޫސުފް އެ ދުވަހުވެސް އޭނާގެ ވަޒީފާއަށް ނުކުތީ ފޮނި އުންމީދާ އެކީގަ އެވެ. އޭނާ އަކީ ފިހާރައެއްގެ ސޭޓެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. ނަމަވެސް މާގިނަ އިރެއް ނުވެ އޭނާގެ އަންހެނުން ގުޅާފަ ދިން ހަަބަރުން ގެއަށް ދިޔައިރު ފެނިގެން ދިޔައީ އުންމީދު ކުރި ފަދަ މަންޒަރެއް ނޫނެވެ. އޭނާގެ ނުވަ މަހަށްދާ އެއްމާބަނޑު ދެ ދަރިން އަދި އާއިލާގެ އެހެން މީހުންނަށް ގޭހުގެ އަސަރުކޮށްފައި ވަނިކޮށެވެ. ނަމަވެސް މާބޮޑުވަރެއް ނުވެ އެވެ. ނަމަވެސް ލިބިދާނެ އިތުރު ގެއްލުމަކުން ރައްކާތެރިވުމަށް ކައިރީގައި ހުރި އެހެން އިމާރާތެއްގައި ހަދާފައި ހުރި ބިންގަރާހަަކަށް ދިޔަ އެވެ.

ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް އުންމީދުކޮށްގެން ހުއްޓާ ގަޑިއެއްހާ އިރު ފަހުން އެންމެންގެ ކިބައިން ގޭހުގެ އަސަރުތައް ފެންނަން ފެށީ އެވެ.

"އެތަނުގައި އެންމެވެސް ވަރަށް ރައްކާތެރިކޮށް ތިބީ. އެކަމަކު ގަޑިއެއްހާ އިރު ފަހުން އެންމެންގެ ކިބައިން ގޭހުގެ އަސަރު ފެންނަން ފެށި. ނޭވާ ނުލެވިގެން އެންމެން ތެޅިފޮޅެން ފެށީ. ޔޫސުފްގެ އެއްމާބަނޑު ދެ ކުދިންވެސް ނޭވާ ނުލެވިގެން ތެޅެންފެށި. އޭނާގެ އަންހެނުންނާއި ބޭބެ އާއި ދައްތަ އާއި ކޮއްކޮ އާއި އެމީހުންގެ ކުދިންވެސް ތެޅެން ފެށީ." ޔޫސުފްގެ ދެބެންގެ ދެދަރި ކުއްޖެއް ކަމަށްވާ އަލާ "ދި ޓެލެގްރާފް" އަށް ދިން އިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

މި ހާދިސާގައި ޔޫސުފްގެ އާއިލާގެ 16 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެ އެވެ.

"އެންމެން މަރުވީ އެ ބިންގަރާހުގައި ތިއްބާ. ހޮސްޕިޓަލަށް ގެންދާނެ ވަގުތެއް ނުލިބުނު. އޭގެ ފަހުން ޔޫސުފް އަހަރެންގެ ކައިރީ ރޮމުން ބުނީ އެކަކުވެސް ސަލާމަތެއް ނުކުރެވުނޭ. ކޮއްކޯއޭ އެކަކުވެސް ހަމަ އެކަކުވެސް ސަލާމަތެއް ނުކުރެވުނޭ."

މަރުވި އިރު ޔޫސުފްގެ ދެދަރިން އަދި އެހެން މީހެއްގެ ގައިން އަދި މޫނުގައިވެސް ބޭރުފުށުން އެއްވެސް ކަހަަލަ ޒަހަމެއް އަދި ނިޝާނެއްވެސް ފެންނާކަށް ނެތެވެ.

ކެމިކަލް ނުވަތަ ވިހަ ގޭހުގެ ނުރައްކާތެރި ކަމާއި ބެހޭގޮތުން އިދްލީބް ހޮސްޕިޓަލުގައި އޭރު ބަލިމީހުންނަށް ފަރުވާ ދެމުން ދިޔަ ޑރ. މާމޫން ނަޖީމް ވިދާޅުވީ ކެމިކަލްގެ ސަބަބުން މީހާގެ ބޭރުފުށުން އެއްވެސް ނިޝާނެއް ފެންނަން ނުހުންނާނެ ކަމަށެވެ. އެ ކެމިކަލުން މީހާ މަރުވާނީ މަޑުމަޑުން ގިނަ އިރުން ކަމަށެވެ.

ިއިދްލީސް ހޮސްޕިޓަލުގައި ކެމިކަލް އާއި ވިހަ ގޭހުގެ އަސަރު ކުރި މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ނަރުހުން ބުނީ މީހުންގެ ކިބައިން ހަރަކާތެއް ނުފެންނަ ކަމަށެވެ. ބަލި މީހުންތައް ހޮޑުލަމުން ދިޔަކަމަށާއި އެމީހުންގެ ކައިރިން ކުނި ވަހެއްވެސް ދުވާ ކަމަށެވެ.

" ގޭހުގެ އަސަރުކޮށްފައި ތިބި މީހުން ދިޔައީ މެދުކެނޑުމެއްނެތި ހޮޑުލަމުން. މީހުންގެ އަނގައިން އަދި ނޭފަތުންވެސް ދިޔައީ ހޮޑު އަންނަމުން. ރީނދޫ އަދި ބައެއް މީހުންގެ ހޮޑު ހުރީ މުށި ކުލައިގަ. އެމީހުންގެ ނޭވާލާ ނިޒާމް ވަނީ ޕެރަލައިޒް ވެފަ. ގޭހުގެ އަސަރުކޮށްފައިވާ ބޮޑެތި މީހުންނަށްވުރެ އަވަހަށް ކުޑަކުދިން މަރުވޭ." އިދްލީބް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހަކު "ދި ޓެލެގްރާފް" އަށް ބުނެފައިވެ އެވެ.

މިއި އެ ހަމަލާގައި މަރުވި އެންމެ އާއިލާއެއްގެ ވާހަކަ އެވެ. އެހަަމަލާގައި މިހާތަނަށް 100 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.

އަންގާރަ ދުވަހުގެ ހަމަލާގެ މަންޒަރު ދުށް މީހުން ބުނެފައި ވަނީ އެ ހަމަލާ ދިނީ ސޫރިޔާ ސަރުކާރުގެ މަތިންދާ ބޯޓްތަކުން ކަމެއް ނުވަތަ ރަޝިޔާގެ މަތިންދާ ބޯޓްތަކަކުން ކަމެއް ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް އޭގެ ކުރިން ޚާން ޝައިޚޫންއަށް ހަމަލާ ދިނީ އެ ދެބައި މީހުންކަން އެމީހުން ދަނެއެވެ. ސޫރިޔާ ސަރުކާރުންނާއި ރަޝިޔާ ސަރުކާރުން ވެސް ވަނީ އެފަދަ ހަމަލާއެއް ނުދޭ ކަަމަށް ބުނެފައެވެ. ކުރިން ދިން ހަމަލާގެ ޒިންމާއިން ވެސް ސޫރިޔާ ސަރުކާރުން ވަނީ ރެކިގަނެފަ އެވެ. ނަމަވެސް އެ ހަމަލާ ދިނީ އެމީހުން ކަމުގެ ހެކިތައް އޭރު ވަނީ ފެނިފައެވެ.