ސްރީލަންކާގެ ރައީސް މައިތުރިޕަލާ ސިރިސޭނާގެ ކޮއްކޯފުޅަށް ކޯރާޑިއަކުން ހަމަލާ ދިނުމުގެ ސަބަބުން އޭނާ މިއަދު ހެނދުނު މަރުވެއްޖެ އެވެ.
ޕްރިޔަންތަ މަރުވިއިރު ރައީސް ސިރިސޭނާ އުޅުއްވަނީ ރަސްމީ ދަތުރުފުޅެއްގައި ޗައިނާގަ އެވެ.
މިދިޔަ ޖެނުއަރީ މަހު ބޭއްވި އިންތިޚާބުކޮށް ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގަތް ސިރިސޭނާގެ އޭނާގެ އާއިލާ އާއި ގާތް ތިމާގެ މީހުންނަށް ބޮޑީގާޑުން ނުތިބޭ ކަމަށްވެ އެވެ. އަދި ސިރިސޭނާ ވެސް ގެންގުޅުއްވަނީ ވަރަށް މަދު ބޮޑީގާޑުންތަކެއް ކަމަށްވެ އެވެ.