މޯލްޑިވިއަން އައިޑޮލްގެ އެންމް ވާދަވެރި ހިސާބަށް މިހާރު މިއޮތީ އާދެވިފަ އެވެ. މުބާރާތުގެ ޓޮޕް އަށެއް ހޮވާ މިރޭ މިއޮތީ ޓޮޕް ހަޔަކަށް ދާން ބައިވެރިން ކުރާ ދަތުރެވެ. މިރޭގެ ތީމް ވަރަށް ހާއްސަ އެވެ.
ގަދަ އަށެެއްގެ ވާދަވެރިކަން ފެންނަ މިރޭގެ ޝޯގެ ތީމަކީ ޕޭރެންޓް ސްޕެޝަލް އެވެ. އެހެންވީމަ މިރޭގެ ހުރިހާ ލަވައެއްވެސް ހާއްސަކޮށްލާފައިވާނީ ބެލެނިވެރިންނަށް ކަން ޔަގީނެވެ. މިރޭގެ ޝޯ އަދި ލަވަތައް އަސަރު ގަދަވާނެ ކަމަށް ބެލެވެ އެވެ.
ގަދަ އަށެއް
- މުހައްމަދު ތަސްނީން (ބޮބް)
- އިބްރާހިމް ވަހީދު (ބޮޑުބެ)
- ޝަމްވީލް މުހައްމަދު
- އަހްމަދު ނަބީލް
- ހަމޫދު އަހުމަދު
- އަހްމަދު ފަރަޝް
- އައިޝަތު ޖައިޝާ
- އަބްދުﷲ ހިޝާން
މިރޭގެ ޝޯގެ ވާދަވެރިކަން އިތުރުވެގެންދާ ސަބަބަކަށް ވެގެންދަނީ މިރޭގެ ހުށަހެޅުމަށް ޖަޖުންނާއި ބެލުންތެރިންގެ އެސްއެމްއެސް އިން އެންމެ ދަށުން ލިބޭ ދެ ބައިވެރިން މާދަމާރޭ މުބާރާތާއި ވަކިވެގެން ދާނެތީ އެވެ.
ޝޯގެ އެންމެ ހާއްސަ އަނެއް ކަމަކީ މިރޭގެ ޝޯގައި ފެނިގެންދާނެ ހާއްސަ ޖަޖެވެ.