ބޭރު ކުޅިވަރު

ރެއާލްގައި ޒިދާންގެ ކުރިމަގާ މެދު ސުވާލު އުފެދިފައި

Apr 8, 2017

ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން، ރެއާލް ކޯޗްކަމުގައި އޭނާގެ ކުރިމަގު އޮތްގޮތާ ބެހޭގޮތުން ސުވާލު އުފައްދޭ ގޮތަށް ވާހަކަ ދައްކައިފި އެވެ.

މި ސީޒަނަށް ފަހު ވެސް ރެއާލްގައި މަޑު ކުރާނަންތޯ ނޫސްވެރިޔަކު، ސުވާލު ކުރުމުން، ޒިދާން ބުނީ، އޭނާ ބުނީ އަންނަ ސީޒަނަށް އޭނާ އެއްވެސް ކަމަކަށް ތައްޔާރު ނުވާ ކަމަށެވެ.

"އަހަރެން ރެއާލްގެ ދެމިހުންނާނެތޯ އަހަންނަށް އަދި ސާފެއް ނުވޭ، އެހެންވެ އަހަރެން އަންނަ ސީޒަނަކަށް އެއްވެސް ޕްލޭނެއް ނުކުރަން،"

"އަހަންނަށް އެނގޭ ރަނގަޅު ހާލަތާއި ނުރަނގަޅު ވަގުގައިވެސް، ރެއާލްގެ ކޯޗެއްގެ ފަރާތުން، ރެއާލް ބޭނުން ވަނީ ކޮންކަމެއް ކަން، އެކަމަކު އަހަންނަކަށް ނޭންގެ މިސީޒަނަށް ފަހު ވީނީ ކިނެއް ކަމެއް،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ އެމީހަކު ކުރަން ފުރުސަތު ނުލިބޭ މީހުން ވަރަށް ގިނަ މީހުން އެބަތިބި ކަމަށާއި ނަމަވެސް އޭނަ ކުރަން ބޭނުންވާ ކަން އޭނާއަށް ހާސިލުވާ ކަމަށެވެ. އެނާ ބުނީ އެއީ ރެއާލްގެ ކޯޗްކަން ކަމަށެވެ.