ހަބަރު

މާލޭގައި އިންފުލުއެންޒާ ވެކްސިން ޖަހައި ދޭނެ ތަންތަން ކަނޑައަޅައިފި

މާދަމާ އިން ފެށިގެން އިންފްލުއެންޒާ ވެކްސިން އާންމުކޮށް އެންމެންނަށް ޖަހައިދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި، ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން، އައިޑީ ކާޑް ހިފައިގެން ވެކްސިން ޖަހައިދޭ ތަންތަނަށް ދިއުމުން ވެކްސިން ޖަހައިދޭނެ އެވެ. މީގެ އިތުރުން މާބަނޑު މީހުން މާބަނޑު މީހުންގެ ކާޑާއި، ބޮޑު ބައްޔަކަށް ބޭސްކުރާ ފަރާތްތަކުން ޑޮކްޓަރުގެ ލިޔުމާއި، އުމުރުން 6 މަހާ 6 އަހަރުގެ ކުދިން ވެކްސިން ކާޑު، އައިޑީ ކާޑުގެ އިތުރުން ގެންދަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ މާލޭގެ އިތުރުން ހުލުމާލެ އަދި ވިލިމާލޭގައި ވެސް ވެކްސިން ޖަހައިދޭނެ ކަމަށެވެ.

ވެކްސިން ޖަހައިދޭ ތަންތަނާއި ގަޑިތައް

ދަމަނަވެށި - ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު، ހެނދުނު 8:15 އިން 13:00 އަށް
މޯލްޑިވިއަން ބްލަޑް ސާވިސް - ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު، ހެނދުނު 9:00 އިން 12:00 އަށް. އަދި ހަވީރު 4:00 އިން 18:00 އަށް
ސެނެހިޔާ - ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު، ހެނދުނު 9:00 އިން 14:00 އަށް
ހުޅުމާލެ ހޮސްޕިޓަލް - ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 15:00
ވިލިމާލެ ހޮސްޕިޓަލް - ހުކުރު ހޮނިހިރު ފިޔަވައި އެހެން ކޮންމެ ދުވަހަކު، މެންދުރު 14:00 އިން 16:00 އަށް
އޭޑިކޭ - ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު، ހަވީރު 17:00 އިން 20:00 އަށް
އައިޖީއެމްއެޗް - ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު، ހެނދުނު 10:00 އިން 14:00 އަށް މާބަނޑު މީހުންނަށް، އަދި މެނދުރު 14:00 އިން 17:00 އަށް ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް