ކުޅިވަރު

މެޑްރިޑް ކުރިމަތިލުމަށް ފަހު ވަގުތު ހަމަހަމަ ނިމުމެއް

Apr 8, 2017

ރެއާލް މެޑްރިޑް ލީޑް ނަގަފައި ވަނިކޮށް، މެޗުގެ ފަހު ވަގުތު އެތުލެޓިކޯ މެޑްރިޑުން ނަތިޖާ އެއްވަރުކޮށް، ސްޕެއިންގެ މެޑްރިޑަށް ނިސްބަތްވާ ދެ ޓީމުގެ ކުރިމަތި ލުން 1-1ގެ ނަތީޖާ އަކުން އެއްވަރު ވެގެން ނިމިއްޖެ އެވެ.

އަމިއްލަ ދަނޑުގައި، ކުޅުނު ރެއާލް އަށް މެޗުގެ 52 ވަނަ މިނެޓްގައި ލީޑް ނަގައިދިނީ، ޕެޕޭ ބޮކާމިޔާބު ކުރި ލަނޑުން ނެވެ.

އޭނާ ލަނޑު ޖެހީ، ރެއާލް އަށް ލިބުނު ހިލޭ ޖެހުމެއް ޓޯނީ ކްރޫޒް، އެތުލެޓިކޯގެ ޕެނަލްޓީ އޭރިއާއަށް ހުރަސް ކުރުމުން، ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން ނެވެ.

އޭގެ ފަހުން ވެސް، ރެއާލްގެ ކަރީމް ބެންޒެމާއަށް ވެސް ވަނީ ލަނޑު ޖަހާނެ ދެ ފުރުސަތެއް ތަނަވަސްވި އެވެ.

ނަމަަވެސް، އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، އެތުލެޓިކޯގެ ފެނާންޑޯ ޓޯރޭޒް އަށްވެ. ރެއާލްގެ ޑިފެންޑަރުން ކައރިން ބީޓް ކޮށްލުމަށް ފަހު، ޕެނަލްޓީ އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ، ކުރިއަށް ނިކުމެ، ރެއާލްގެ ކީޕަރު ކޭލޯ ނާވަސް ވަނީ ދިފާއު ކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް، އެތުލެޓިކޯއަށް ލީޑް ނަގައިދިނީ، އެންޖަލް ކޮރެއާ ތަނަވަސް ކޮށްދިން ފުރުސަތަކުން އެންޓޯނިއޯ ގްރީޒްމަން އެވެ.

މެޗުން ލިބުނު އެއް ޕޮއިންޓާއެކު، ރެއާލް އެއް ވަނައިގައި އޮތީ 72 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފައި ވަނީ، 69 ޕޮއިންޓޭވެ. މިރޭ މަލާގާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ރެއާލްއާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށް ލަނޑުގެ ތަފާތުން، ބާސާ އަށް ތާވަލުގެ އެއް ވަނަ އަށް އެރޭނެ އެވެ.

އެތުލެޓިކޯ ތިން ވަނައިގައި އޮތުމުން، ހަތަރު ވަނައިގައި އޮތް ސެވިއްޔާއަށް މިރޭ ކުޅޭ މެޗުން މޮޅުވެ، އެތުލެޓިކޯއާ އެއް ޕޮއިންޓަށް ފަރަގު ކުޑަ ކުރެވޭނެ އެވެ.