ހަބަރު

މާފަންނު ގެއެއްގައި ރޯވި އަލިފާން ނިންވާލައިފި

Apr 9, 2017

މިއަދު އިރުއޮއްސުނު ފަހުން މާފަންނު އޭއެމްޑީސީ ކައިރީގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ސިފައިން ނިންވާލައިފި އެވެ. އަލިފާން ރޯވެފައި ވަނީ މ. ހިތްވަރު ކިޔާ ގެއެއްގަ އެވެ.

ބިދޭސީންތަކެއް ދިރިއުޅެމުން އައި އެ ގޭގައި ރޯވި އަލިފާންގަނޑު ސިފައިންގެ ފަޔަ ފައިޓަރުންގެ މަސައްކަތުން ކޮންޓްރޯލް ކުރީ ގަނޑިއެއްހާ އިރު ތެރޭގަ އެވެ. އެ ގޭގެ ވަށައިގެން ގިނަ އަދަދަކަށް މީހުން ދިރިއުޅޭ އެހެން ގޭގެ ވެސް ހުއްޓެވެ. އެކަމާ ގުޅިގެން އެ ގޭގެއިން ސިފައިން ވަނީ މީހުން ހުސްކޮށް އެ ސަރަހައްދު ބަންދުކޮށްފަ އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ވިދާޅުވީ އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިންވާލެވިފައިވާ ކަމަށެވެ. އަދި އެ އަލިފާންގަނޑު އިތުރަށް ނުފެތުރޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވި އެވެ. އެ ސަރަހައްދުގައި އަދިވެސް ވަރަށް ބޮޑަށް ދުމުގެ އަސަރު އެބަ ހުއްޓެވެ.