ވިޔަފާރި

ކޮންނަ ބޯޓު މަހާޖައްރާފު ގެންނަން ފަހުގެ ތައްޔާރީތައް ވަނީ

Apr 11, 2017
7

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ކޮންނަ ބޯޓު "މަހާ ޖައްރާފު" މިމަހު ރާއްޖެ ގެންނަން އެންމެ ފަހުގެ ތައްޔާރީތައް ފަށައިފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ މަހާޖައްރާފު ޑްރެޖަރު ބާލައި ޓެސްޓްތައް ކުރަމުންދާ ކަމަށާއި މިމަހުގެ ތެރޭގައި ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ކޮންސެލްޓެންޓުގެ ބަހަކަށް މިބަލަނީ. އެއަށް ފަހު ގެނައުމުގެ މަސައްކަތް ފެށޭނެ،" ޒިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންސަލްޓަންޓެންޓުންގެ ލަފާ ލިބުނުހާ އަވަހަކަށް، ޖައްރާފު ގެނައުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ބިން ހިއްކުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް އަންނާނެ މި ޑްރެޖަރު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރެ އެވެ. އަދި މި އުޅަނދު ބަނުމުގެ މަސައްކަތް ކުރަނީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.

އެމްޓީސީސީގެ ކޮންނަ ބޯޓު "މަހާ ޖައްރާފު" އަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ހުރި އުޅަނދެކެވެ. މި އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުންނައިރު، މި ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ އެވެ. މިއީ ބިން ހިއްކުމަށް ބޭނުން ކުރާ އެންމެ ޒަމާނީ އުޅަދަށް ވާނެ އެވެ.