ވިޔަފާރި

އެމްޓީސީސީން ސްކޮޓް ބާޑާ ރެސިން އަގު ހެޔޮކޮށްފި

Apr 11, 2017
1
  • ޕްރޮމޯޝަން ކުރިއަށްދަނީ މިމަހުގެ ނިޔަލަށް
  • ޕްރޮމޯޝަންގައި 10 ޕަސެންޓުގެ ޑިސްކައުންޓް
  • ދުނިޔޭގައި މި ބާވަތުގެ ރެސިން ވަރަށް މަގުބޫލު

އޮޑި ބަނުން އިތުރު ވެއްޖެ، އެކަމަށް ވަޑިން ބޭނުންވަނީ މޮޅު ރެސިން އެކެވެ. އެހެންވެ އެމްޓީސީސީން މިވަނީ މި ހައްލު ގެނެސްދީފަ އެވެ. އެ ކުންފުނިން އޮޑި ފަހަރު ބަންނަން ތައާރަފުކޮށްފައިވާ ގަދަ ރެސިން "ސްކޮޓް ބާޑާ" ޕްރޮމޯޝަނަކުންނެވެ.

އެމްޓީސީސީގައި "ކަށަވަރު ޝޯ ރޫމް" ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު އަދުހަމް ވިދާޅުވީ މިމަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

"މި ޕްރޮމޯޝަން ފެށުމާއެކު މިހާރު ރެސިން ފީފާއެއް 10،800ރ. އަށް ލިބޭނެ،" އަދުހަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދުވަސްވަރު އޮޑި ދޯނި ފަހަރު ބަނުން އިތުރުވެފައިވާ ކަމަށާއި، މި ޕްރޮމޯޝަންގެ ސަބަބުން ދޯނި ބަންނަ މީހުންނަށް އިތުރު ފަސޭހައަކަށް ވާނެ ކަމަށެވެ. އަދި މި ރެސިންއަކީ ދުނިޔޭގައި ވަރަށް މަގުބޫލު އެއްޗެއް ކަމަށް އަދުހަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދެން މި ފުރުސަތުގެ ބޭނުން ހިފައި ސްކޮޓް ބާޑާ ރެސިން ގަންނަން،" އަދުހަމް ވިދާޅުވި އެވެ.

އެމްޓީސީސީން ދަނީ އެ ކުންފުނިން ވިއްކާ އެކި ޕްރޮޑަކްޓް ތަކަށް ހާއްސަ ޕްރޮމޯޝަން ހިންގަމުންނެވެ.