ހަބަރު

ގާސިމްގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މައްޗައް ދައުލަތުންކޮށްފައިވާ ދައުވާ މާދަމާއަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

ދައުލަތުން ގާސިމްގެ މައްޗައް ކުރާ ދައުވާއަކީ ރިޝްވަތު ހުށަހެޅަން އުޅުމުގެ ދައުވާއާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމުގެ ދައުވާ އެވެ. އެ މައްސަލާގެ ޝަރީއަތް ވަނީ މާދަމާ 11:30 އަށް ތާވަލުކޮށްފަ އެވެ.

އެ މައްސަލަ މާދަމާއަށް ތާވަލުކޮށްފައިވާ އިރު ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން ހައްޔަރުކޮށްފައި ހުރި ގާސިމް އިބްރާހިމް ދޫކޮށްލަން ހައިކޯޓުން މިއަދު ވަނީ ތާވަލުކޮށްފަ އެވެ. ގާސިމް ދޫކޮށްލީ ކޯޓުން ކުރި އަމުރަކީ ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައިވާ އިޖުރާއަތްތައް ހިލާފު އަމުރަކަށްވާތީ އެވެ.