ހަބަރު

ފުލުހެއްގެ ބޮލަށް ގަހެއް ވެއްޓި އަނިޔާ ވެއްޖެ

އައްޑޫގައި ސައިކަލެއް ދުއްވާފައި ދިޔަ ފުލުހެއްގެ ބޮލަށް ފިތުރޯނު ގަހެއް ވެއްޓި އޭނާއަށް އެކި ވަރުގެ އަނިޔާ ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އައްޑޫ ސިޓީ ގަމުގައި މިއަދު ގަހެއް ވެއްޓި އަނިޔާވި ފުލުހަކަށް ހިތަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ. ގަސް ވެއްޓެން މެދުވެރިރި ސަބަބު އަދި ނޭނގޭ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.