މޯލްޑިވިއަން އައިޑޮލް

ޓީވީ ކައިރިއަށްޖެހިލާ، އަންމަޑޭ އައިސް އައިޑޮލް ފަޅާލައިފި!

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއް ފެށިގެން ދިޔައިރު ޖަޖިންގެ ޕެނަލުން އަހުމަދު އިބްރާހިމް (އަމްޑޭ) ބާކީވެގެން ދިޔުމަކީ ގިނަ ބަޔަކަށް ސިހުން ގެނުވި ކަމެކެވެ. އެންމެން ވެސް އިއްތިފާގުވި ފަދައިން މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުގައި ޖަޖުންގެ ޕެނަލް ގުޑުވާލައި ފަޅައިލި ކުޅަދާނަ ލަވަކިޔުންތެރިޔާ އައްމަޑޭ އަކީ އެ ހަރުގެ ސީޒަނުގެ ލޮޅުން މުޅި ރާއްޖެ އަށް ގެނައުމުގައި ދެކޮޅުނެހެދޭވަރުގެ ފުރިހަމަ ރޯލެއް އަދާކުރި ޖަޖެކެވެ.

ފުރަތަމަ ސީޒަންގެ ޖަޖުންގެ ޕެނަލަށް ބަލާ ނަމަ "ފޭން ފެވަރިޓަކީ" ވެސް އައްމަޑޭ އެވެ. ނަމަވެސް މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގެ ޝޯގެ ފޯރިގަނޑުގައި އައްމަޑޭ ފެނިގެން ނުދިޔަ އެވެ. އެކަމަކު ފޭނުން އައްމަޑޭއަށް ބޭނުންވެފައި ތިބިކަން ޓްވިޓާ ބަލާލުމުން ވެސް އެނގޭނެ އެވެ. ޝޯއަށް އައްމަޑޭގެ "ފަޅާލުންތައް" މަދުވާ ކަމުގެ އިހުސާސް ބެލުންތެރިން ދިޔައީ ކުރަމުންނެވެ. އެކަމަކު އައްމަޑޭގެ ބަދަލުގައި ސީޒަން ދޭއްގައި އެ ގޮނޑިފުރާ ކުޅަދާނަ ލަވަކިޔުންތެރިޔާ އިސްމާއިލް އައްފާންއަކީ ވެސް ބެލުންތެރިންގެ އިތުބާރު ލިބިފައިވާ ސުވާލެއް ނުއުފައްދޭވަރުގެ ހަބޭސް ޖަޖެކެވެ.

ބެލުންތެރިންނާއި އައިޑޮލްގެ ޓީމް ވެސް ސިއްސުވާލައި މިރޭ އައިޑޮލްގެ ސްޓޭޖް އައްމަޑޭ "ފަޅާލީ" ވަރަށް ގިނަ ބަޔެއް އެގޮތަށް އެދެމުންދާތީ އެވެ. އައްމަޑޭ މިވަނީ އައިޑޮލްގެ ޖަޖުންގެ ޕެނަލަށް އަލުން ގުޅިފަ އެވެ. އަންމެޑޭ އަލުން ފެނިލުމުން އައިޑޮލްގެ ފުރަތަމަ ސީޒަންގެ ޖަޖިން ޕެނަލް އެނބުރި އައީ އެވެ!

މި ބަދަލު ޖަޖުންގެ ޕެނަލް އައިސްފައިމިވަނީ ގަދަ ހަޔެއްގެ ހުށަހެޅުންތަކުގެ ފެންވަރު ދަށްވެ ޝޯގެ އެންމެ ކުޅަދާނަ އެއް ޖަޖު އައްފާން ޝޯ ދޫކޮށް ގޮސްފައި ވަނިކޮށެވެ. މިރޭގެ ޝޯގެ ޖަޖިން ޕެނަލްގައި އައްފާން ނެނެތެވެ. ރޭ ސްޓޭޖުން ނިކުމެގެން ދިޔަ ގޮތަށް އޭނާގެ ހަބަރެއް ނުވެ އެވެ.

އަލުން އައްފާން ޝޯއާ ގުޅޭނެ ކަމެއް އަދި ނޫން ކަމެއް ވެސް ނޭނގެ އެވެ. އެނގޭހާ ވެސް އެއްޗަކީ މިރޭގެ ޝޯއަކީ އައްމަޑޭއާއެކު މަޖާ ނަގާނެ ރެއެއް ކަމެވެ. އައްމަޑޭ އެނބުރި އައިޑޮލްއަށް އައުން މިވީ އެކުވެރި އެހެން ޖަޖުންނަށް ވެސް ވަރަށް ބޮޑު ސަޕްރައިޒަކަށެވެ. ބައިވެރިންނަށް ވެސް އައްމަޑޭއާއެކު ތަފާތު ތަޖުރިބާތަކެއް ލިބިގެންދާނެ އެވެ. ޝޯ ބަލަން އަވަހަށް ޓީވީކައިރިއަށް ޖެހިލާށެވެ.