މޯލްޑިވިއަން އައިޑޮލް ސީޒަންގެ ގަދަ ހަޔަކަށް ދެވުނު ބައިވެރިންނަށް އެ ރައުންޑުވެގެން ދިޔައީ ހީކުރި ވަރަށްވުރެ އުނދަގޫ ރައުންޑަކަށެވެ. މި ރައުންޑާ ހިސާބުން މުބާރާތައި ވަކިވާން މިރޭ ޖެހުނީ މަޝްހޫރު ލަވަ ކިޔުންތެރިޔާ ފާތިމަތު ޒޫނާގެ ދަރިފުޅު އަހުމަދު ނަބީލެވެ.
ނަބީލު ޝޯއާ ވަކިވާން ޖެހުނީ ޖަޖުންގެ މާކުސް އާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ މަދުން އޭނާއަށް މާކްސް ލިބުމުންނެވެ. ނަބީލް ވަކިވުމުން ޝޯގެ ގަދަ ފަހެއް ވަނީ ކަށަވަރުވެފަ އެވެ.
ގަދަ ފަހެއް
ހަމޫދު އަހުމަދު
އިބްރާހިމް ވަހީދު (ބޮޑުބެ)
އަބްދުﷲ ހިޝާން
ޝަމްވީލް މުހައްމަދު
މުހައްމަދު ތަސްނީމް (ބޮބް)
ނަބީލް މި ރައުންޑުގައި ހުށަހަޅައިދީފައިވަނީ ފެންތަށި ހަލީލްގެ "ރީތި ރާއްޖެ ވައިފެން މީ" މި ލަވަ އެވެ. ނަބީލް އަށް ރޭ ޖަޖުން ވަނީ ރަނގަޅު ކޮށްލަން ޖެހޭ ކުދި ކުދި ތަންތަން ކޮޅު ބުނެދީފައިވެ އެވެ.
ގަދަ ހައެއްގެ އެލިމިނޭޝަން ޝޯގައި ޖަޖު އައްފާނެއް ނުފެނެ އެވެ. އައްފާންގެ ބަދަލުގައި މިރޭގެ ޝޯއިން ފެނިގެން ދިޔައީ މޯލްޑިވިއަން އައިޑޮލްގެ މިދިޔަ ސީޒަންގެ ޖަޖު އަހްމަދު އިބްރާހީމް (އައްމަޑޭ) އެވެ.