ޖިންސީ ގޯނާ

ޖިންސީ ގޯނާ ކުރުމުގެ ތުހުމަތަށް މުސްކުޅިޔަކު ހައްޔަރުކޮށްފި

Apr 17, 2017
4

ތަފާތު އެކި ދުވަސް މަތިން ކުޑަ އަންހެން ކުއްޖަކަށް ގަދަ ކަމުން ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ޅ. ނައިފަރުން މީހަކު ހައްޔަރުކޮށް އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 79 އަހަރުގެ މުސްކުޅި ފިރިހެނެކެވެ. ފުލުހުން ބުނީ އެ މީހާ ހައްޔަރުކުރީ ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން މި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. އެހެން ނަމަވެސް އޭނާގެ ބަންދަށް ނައިފަރު ކޯޓުންވަނީ 15 ދުވަސް ޖަހައިދީފަ އެވެ.