ހަބަރު

ކުޑަކުދިންތަކަަކަށް ޖިންސީ ގުނަވަން ދެއްކި ދުވަސްވީ މީހަކު ހައްޔަރުކޮށްފި

ކުޑަކުދިންތަކަަކަށް ޖިންސީ ގުނަވަން ދެއްކި ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހައްޔަރުކޮށްފައިވަނީ 60 އަހަރުގެ ދިވެހި ފިިރިހެނެއް ކަމަށެވެ. އެއީ ނައިފަރު މީހެކެވެ.

އެ މީހާ މި މަހުގެ އެކި ދުވަސްތަކުގައި ކުޑަކުދިންތަކަކަށް ޖިންސީ ގުނަވަން ދައްކާފައިވާ މައްސަލަ ތަކެއް ވަނީ ހުށައެޅިފައެވެ. ފުލުހުން ބުނީ އެމީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.

މިފަހުން ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ އަނިޔާއާ ގޯނާ ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިފަދަ މައްސަލަތަކުގައި ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

ދާދި ފަހުން ކަނޑުހުޅުދޫގައި ދެ އަހަރުވެސް ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައެއްގެ ތުހުމަތަށް އެ ކުއްޖާގެ ކާފަ ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ ކުއްޖާގެ ބައްޕައާއި މުނިކާފަވެސް ވަނީ ހައްޔަރުކޮށްފައެވެ.