ސްރީލަންކާގެ މީތޮޓަމުއްލާ ނަމަކަށް ކިޔާ އަވަށުގައި ހުރި ބިޔަ ކުނިފުނި ފޮރުޅައިލި ހާދިސާގައި މަރުވިމީހުންގެ އަދަދު 27 އަށް ރައިފިއެވެ.
ލަންކާ ފުލުހުންނާ ހަވާލާދީ ސަންޑޭ ޓައިމްސް ނޫހުން ބުނީ މަރުވިމީހުންގެ އަދަދު އަދުވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށާއި ހާދިސާގައި މަރުވިކަން ހޯމަ ދުވަހާ ހަަމައަށް ކަށަވަރުކުރެވިފައި ވަނީ 27 މީހުން ކަމަށެވެ. ކުނިފުނީގެ ކައިރީގައި ދިރިއުޅެމުންދިޔަ މީހުންނާ ބެހޭ މައުލޫމާތު ލަންކާ ފުލުހުން އަންނަނީ އެއްކުރަމުންނެވެ. ކުފުނިފުނީގެ ދަށުގައި އިތުރުމީހުން ވާނެ ކަމަށް އަވަށު މީހުން ބުނާތީ މީހުން ހޯދަން ސިފައިން އަންނަނީ އަދިވެސް މަސައްކަތް ކުރަމުންނެވެ.
މީތޮޓަމުއްލާގައި ހުކުރު ދުވަހު ހިނގި އެހާދިސާގައި 180 މީހުންގެ ގެދޮރު ގެއްލުނެވެ. އެހާދިސާގައި ގެދޮރު ގެއްލުނު މީހުންނަށް ލަންކާ ސަރުކާރުން ވަނީ ވަގުތީގޮތުން ބޯހިޔާވަހިކަން ދީފައެވެ.
މީތޮޓަމުއްލާގެ ބޮޑު ކުނި ފުނި ފުރޮޅާލާފައި މިވަނީ އެ ކުނި ފުނި ހުރިތަނުން ނަގައި ދިނުމަށް ގޮވާލައި އެ ސަރަހައްދުގެ މީހުން މުޒާހަރާކުރާތާ އެތައް މަސްތަކެއްވީ ފަހުންނެވެ.
ފުރޮޅައިލި ކުނުފުނީގައި 23 މިލިޔަން ޓަނުގެ ކުނި ހުންނާނެ ކަަމަށް ލަފާކުރެވެ އެވެ. ހާދިސާ ހިނގުމާ ހަމައަށް އެކުނިފުންނށް ދުވާލަކު 800 ޓަނުގެ ކުނި އަޅަމުން ދިޔައެވެ. އެ ކުނި ފުނީގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަށް ބުނެ ލަންކާ ޕާލަމެންޓްގައި ދާދިފަހުން ބަހުސް ވެސް ކޮށްފައި ވެއެވެ.