ކުޅިވަރު

މުސްކުޅިވިޔަސް ޒަމާނީ ފުޓްބޯޅައަށް އަމަލު ކުރެވޭނެ: ވެންގާ

Apr 18, 2017

ޒަމާނީ ފުޓްބޯޅައިގެ ސިސްޓަމަށް އަމަލުކުރާކަށް ވަކި އުމުރެއް ބޭނުން ނުވާކަމަށް އާސަެނަލްގެ ކޯޗް އާސެން ވެންގާ ބުނެފި އެވެ.

މިޑްލްސް ބަރާގެ މައްޗަށް 2-1 ނަތީޖާ އަކުން ކާމިޔާބު ހޯދައި، ރަށުން ބޭރުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމުގެ ލިސްޓަށް ނިމުން ގެނައި މެޗަށް ފަހު ވަހަކަ ދައްކަމުން ވެންގާ ބުނީ ފުޓްބޯޅައިގެ ޒަމާނީ ބަދަލުތައް އޭނާ އަށް ވެސް ގެނެވޭނެ ކަން މިހާރު އެނގޭނެ ކަމަށެވެ.

ރޭގެ މެޗުގައި ވެންގާ ބޭނުން ކުރީ މުޅިން ތަފާތު ފޯމޭޝަނެކެވެ. ތިން ޑިފެންޑަރުންގެ މައްޗަށް ބަރޮސާވެ، އޭނާ ހާއްސަކަން ދިނީ މެދު ތެރެއަށެވެ. އޭނާ ބޭނުން ކުރީ 3-4-3-1 ގެ ފޯމޭޝަނެވެ.

"އަސަނެލްގައި 20 އަހަރު ތެރޭ އަހަރެން މި ސިސްޓަމަށް ކުޅުވި ފުރަތަމަ ފަހަރު މިއީ، އޭގެއިން އެބަ ދައްކައިދޭ އަހަރެންގެ މި އުމުރުގައިވެސް އަހަންނަށް ބަދަލު ގެނެވޭނެ ކަން،" ވެންގާ،67 ބުންޏެވެ.

"ސީދާ، މެދު ތެރެއިން އަންނަ ވަރުގަދަ ހަމަލާތައް ވަނީ ހުއްޓިފައި، މިގޮތަށް ބަދަލު ކޮށްލުމުން ޓީމަށް ކޮންމެވެސް ވަރެއްގެ ވަރުގަދަ ކަމެއް ލިބުނު ޓީމަށް އިތުރު ހިތްވަރެއް ލިބުނު ކަން ގަބޫލު ކުރެވޭ، އަހަންނަށް އެނގިއްޖެ އެކަން ބޭނުންވާކަން، އަހަރެމެންގެ ހިތްވަރަށް ފަސޭހައިން މައްސަލަ ކުރިމަތިވި، ނަަމަވެސް ހައްލު އަންނާނީ ލަސްލަހުން، އަހަރެމެންވެސް ކޮންމެވެސް ވަރަށްކަށް ފިނިވި،

އެލްކްސިސް ސަންޗޭޒް އާއި މެސްޓް އޮޒިލްގެ ލަނޑުތަކުން މޮޅުވެ، އާސެނަލް މިހަރު އޮތީ ތާވަލުގެ ހަ ވަނައިގަ އެވެ. އަދި އެޓީމު އޮތީ ހަތަރު ވަނައިގައި އޮތް މެނެޗެސްޓާ ސިޓީއާ ހަތް ޕޮއިންޓް ފަހަތުގަ އެވެ. މިޑްލްސްބަރާގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ އަލްވާރޯ ނެގްރޭޑޯ އެވެ.

ވެންގާ ބުނީ، ގަދަ ހަތަރެއްގައި ހިމެނެން ބޭނުން ނަމަ، ކުރިއަށް އޮތް ހަތް މެޗުން ވެސް، އާސެނަލް މޮޅުވާން މަޖުބޫރު ކަމަށެވެ.