ކުޅިވަރު

ބާމިންހަމްގެ ކޯޗަކަށް ހެރީ ރެޑްނެޕް ހަމަޖައްސައިފި

Apr 18, 2017

އިނގިރޭސި ޗެމްޕިއަންޝިޕްގެ ރެލިގޭޝަން ޒޯނާ ގާތުގައި އޮތް، ބަމިންހަމް ސިޓީގެ ކޯޗަކަށް، ކްއީންޕާކް ރޭންޖާސްގެ ކުރީގެ ކޯޗް ހެރީ ނެޑްޕް ހަމަޖައްސައިފި އެވެ.

ދެ އަހަރު ދުވަހު، ކުލަބެއްގެ ކޯޗްކަމާ ދުރުގައި ހުރި ރެޑްނެޕް ބާމިންހަމްގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ، އެޓިމުގެ ކޯޗަކަށް ކުރިން ހުރި އިޓަލީގެ ޖިއަން ފްރެންކޯ ޒޯލާ މަގާމުން އިސްތިއުފަ ދިނުމުން ނެވެ. ޒޯލާ މަގާމުން އިސްތިއުފާ ދީފައި ވަނީ އޭނާ އަށް ކާމިޔާބު ހޯދައި ނުދެވުމުން ނެވެ.

ބާމިންހަމް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެކުލަބުގެ ކޯޗަކަށް ރެޑްނެޕް ހަމަޖައްސާފައިވާކަން އުފަލާއެކު އިއުލާން ކުރާ ކަމަށެވެ. އޭނާ ބާމިންހަމްގެ ކޯޗްގެ ގޮތުގައި ހުންނާނީ މިސީޒަންގެ ނިޔަލަށެވެ.

"އޭނާ ހޯދާފައިވާ ކާމިޔާބީ ތަކަށް ބަލާއިރު، އޭނާ ވަނީ ޕޯޓްސް މައުތު އަދި ކިޔުޕީއާރް ޕްރިމިއާ ލީގަށް ޕްރަމޯޓް ކޮށްދީފައި، އަދި ޕޯޓްސްމައުތަށް އެފްއޭ ކަޕްވެސް ވަނީ ހޯދައިދީފައި އޭނާ ވަނީ ޓޮޓެންހަމްގައި އަހަރުގެ އެންމެ މޮޅު މެނޭޖަރުގެ މަގާމު ހޯދާފަ އަދި އެޓީމު ޗެމްޕިއަންސް ލީގަށް ގެންގޮސްދިން، އަހަރެމެން އުންމީދު ކުރަނީ ރެޑްނެޕާއެކު ބުލޫސް [ބާމިންހަމް] އިތުރަށް ވަރުގަދަވެ ކަމިޔާބު ލިބޭނެކަމަށް." ބާމިންހަމް ނެރެފައިވާ ބަޔަނުގައި ބުނެފައި ވެއެވެ.

ރެޑްނެޕް ވަނީ ވޯލްޑްކަޕް ކޮލިފައިންގައި އޭޝިއާ ޒޯންގައި ހިމެނޭ އުރުދުންގެ ކޯޗްކަމާ ދެ މެޗަށް ހަވާލު ވެފަ އެވެ.

ޓޯލްކް ސްޕޯޓްސްގައި ވާހަކަ ދައްކަމުން، ރެޑްނެޕް ބުނެފައި ވަނީ އޭނާ ހުރީ ރިސްކު ނަގަން ތައްޔާރަށް ކަަމަށާއި އުންމީދަކީ ރެލިގޭޝަނުން އެޓީމު ސަލަމަތް ކޮށްދިނުން ކަމަށެވެ. އެއަށްފަހު އަންނަ އަހަރު އޭނާ ދެމިހުރުމާ މެދު ޓީމުގެ މެނޭޖްމެންޓާއެކު މަޝްވަރާ ކުރާނެ ކަމަށް އޭނާ ބުންޏެވެ.