މުޒާހަރާ

ގއ. ވިލިނގިލީގައި މުޒާހަރާއެއް ކޮށްފި

ވަޒީފާގެ ބިރު ދައްކާ ކަމަށް ބުނެ ގއ. ވިލިނގިލީގައި އެ ރަށުގެ ބަޔަކު މިއަދު މުޒާހަރާއެއް ކޮށްފި އެވެ.

ސަރުކާރާ ދެކޮޅު މުޒާހަރާއެއް ވިލިނގިލީގައި މިއަދު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ސަރުކާރަށް ތާއީދުކުރުން ހުއްޓާލައި، އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވަން ފައްޓަވާފައިވަނިކޮށެވެ. އޭގެ ފަހުން ސައުދު ވަނީ ޕީޕީއެމުން ވަކިކޮށްފަ އެވެ.

މިއަދު ވިލިނގިލީގައި ބަޔަކު ކުރި މުޒާހަރާގައި ވަޒީފާގެ ބިރު ދެއްކުން ހުއްޓާލުމަށް ވަނީ ގޮވާލާފަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނާ ބައެއް ފަރާތަކުގެ ފޮޓޯ ބޭނުންކޮށްފަ އެވެ.