އަލިފާން

މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް މިރޭގެ ވަގުތެއްގައި ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މިރޭ 10:00 ޖަހާ އެހާކަންހާއިރު އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ. ސިތާރާގޭގަ އެވެ. އަދި އެމްއެންޑީއެފް އިން އެސަރަހައްދަށް ދިޔައިރު އަލިފާނުގެ އަސަރު ނެތް ނަމަވެސް ދުމުގެ އަސަރު ހުރި ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި އެނގިފައި ނުވާކަމަށެވެ. އަދި އެސަރަހައްދުގައި އެމްއެންޑީއެފް އިން އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.