ވިޔަފާރި

އައިޑޮލްގެ ތަރިންނަށް އެންމެ ކަމުދިޔައީ ސްނިކާސް ރިސޯޓު ދަތުރު!

Apr 20, 2017
4
  • އައިޑޮލްގެ ތަރިން އެރިޔަދޫ ރިސޯޓަށް
  • ޑިނާ ނައިޓުގައި ލައިވް މިއުޒިކް ބޭއްވި
  • ދަތުރުގައި 30 މީހުން ބައިވެރިވެފައިވޭ

މޯލްޑިވިއަން އައިޑޮލް ދޭއްގެ، ތަރިނަށް މި ދުވަސްކޮޅު ވަރަށް ތިޔާއްގެވެ. އެކި ތަންތަނަށް ގޮސް ބަލައިލުމުގެ ފުރުސަތު ދަނީ ލިބެމުންނެވެ. މިގޮތުން ވީބީއިން ރާއްޖެ އެތެރެކޮށް ވިއްކާ މޯލްޑިވިއަން އައިޑޮލްގެ ކޯ-ސްޕޮންސާ "ސްނިކާސް" ޗޮކްލެޓުގެ ހާއްސަ އެހީތެރިކަމާއެކު މިވަނީ އެރިޔަދޫ ރިސޯޓަށް ދަތުރެއް ބާއްވާފަ އެވެ.

ސްނިކާސް ޗޮކްލެޓް ރާއްޖެ އެތެރެކޮށް ވިއްކާ ވީބީ ބްރަދާސް އިން ކޮށްލާފައި މިވަނީ މުޅިން ތަފާތު ކަމެވެ. މޯލްޑިވިއަން އައިޑޮލްގެ ތަރިންނާއެކު ސްނިކާސް ސްޕޮންސަރު ވިސިޓަކީ ސްނިކާސް ޗޮކްލެޓް ޕްރޮމޯޝަނުން ހޮވާލާފައިވާ ނަސީބްވެރި 10 މީހަކަށް ރިސޯޓަށް ގޮސްލުމުގެ ފުރުސަތު ދިނީ އެވެ. މި ދަތުރުގައި މީގެ ތެރެއިން ކޮންމެ ނަސީބުވެރިއަކަށް އިތުރު އެއްބައިވެރިއަކު ގެންދަން ފުރުސަތު ދީފައިވެ އެވެ

އެރިޔަދޫ ރިސޯޓަށް ގޮސް ދިން މި ދަތުރުގައި މޯލްޑިވިއަން އައިޑޮލްގެ ތަރިންނާއެކު 30 މީހުން ބައިވެރިވި އެވެ. މިމަހުގެ 12 ވަނަ ދުވަހު ބޭއްވި މި ދަތުރުގައި އެ ރިސޯޓުގައި ރޭގަނޑުގެ ކެއުމެއް ދީފައިވެ އެވެ.

ސްނިކާސް ޑިނާ ކުރިއަށް ދިޔައީ ޑީޖޭ އައްޔަގެ ލައިވް ޑީޖޭ އާއި އައިޑޮލްގެ ބައިވެރިންގެ މިއުޒިކް ސޯއެއް އެ ރިސޯޓުގައި ބޭއްވި އެވެ. މި ޝޯގައި އެ ރިސޯޓުގައި އެވަގުތު ތިބި ގިނަ ޓޫރިސްޓުންވެސް ބައިވެރިވެފައިވެ އެވެ. ބައިވެރިން ސިފަކުރާ ގޮތުގައި ސްނިކާސް ޑިނާ ނައިޓަކީ މިހާތަނަށް ބައިވެރިވި އެންމެ މަޖާ އަދި އެންމެ ހިންހަމަޖެހުނު ނުވަތަ އެންމެ އުފާވި ހަރަކާތެވެ. މި ދަތުރާމެދު ހުރިހާ ބައިވެރިން ވެސް ތިބީ ވަރަށް އުފަލުންނެވެ.