ޔޫރޮޕާ ލީގްގެގެ ކްއާޓާާ ފައިނަލުގައި އަނިޔާވި، މެންޗެސްޓާ ޔުނައިޓާޑްގެ ފޯވަޑް ޒަލްޓާ އިބްރޮހިމޮވިޗަށް ސީޒަންގެ ބާކީ އޮތްބައިގައި ނުކުޅެވޭނެ ކަމުގެ ބިރު ބޮޑު ވެއްޖެ އެވެ.
ކްއާޓާ ފައިނަލުގައި ބެލްޖިއަމްގެ އަންޑާލެކްޓްއާ ދެކޮޅަށް ކުޅުނު މެޗުގައި، ކަނާތު ފައިގެ ކަކުލު ހުޅަށް ލިބުނު އަނިޔާގެ ފަރުވާއަށް ހޭދަވާނެ މުއްދަތު އަދި ހާމަ ނުކުރި ނަމަވެސް، ޔުނައިޓަޑުން ބުނެފައި ވަނީ އޭނާއަށް ލިބުނު އަނިޔާއާ ގުޅިގެން މުޅި ސީޒަންގެ ބާކީ އޮތް ބައިގައި ނުކުޅެވޭނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.
އަންޑާލެކްޓްއާ ދެކޮޅަށް ކުޅުނު މެޗުގައި ޑިފެންޑަރު މޯކޯސް ރޮހޯގެ ކަކުލަށް އަނިޔާވެ، އޭނާ އަށްވެސް ސީޒަންގެ ބާކީ އޮތްބައި ނުކުޅޭވޭނެ ކަން ވަނީ ގާތްގަނޑަކަށް ޔަގީންވެފައެވެ.
ޔުނައިޓަޑަށް ކުރިއަށް ހުރީ މުހިންމު މެޗު ތަކަކެވެ. ޔޫރޮޕާ ލީގްގެ ސެމީ ފައިނަލުގައި ސްޕެއިންގެ ސެލްޓާވީގޯއާ ދެކޮޅާށް ކުޅޭ ދެ މެޗުގެ އިތުރުން، އިނގިރޭސި ޕްރިމިއާ ލީގްގެ ހަތަރު ވަނަ މަގާމު ހޯދަން، ކުރިއަށް އޮތް ހުރިހާ މެޗެއްވެސް އެޓީމަށް މުހިންމެވެ.
އެ ޓީމުގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފައި ވަނީ، އިބްރޮހިމޮވިޗަށް އަނިޔާވުމުން ޔުނައިޓަޑް ގޮންޖެހުންތަކެއްގެ ތެރެއަށް ވެއްޓިފައި ކަމަށެވެ.
"މި ވަގުތު އަހަރެމެން މިއޮތީ ގޮންޖެހުންތަކެއްގެ ތެރޭގައި، އެރިކް ބެލީ ޖެހިޖެހިގެން ހަ މެޗު ކުޅެފި، [އަނިޔާގެ ސަބަބުން] މާކޯސް ރޯޖޯ އަހަރުމެންނަށް ގެއްލިއްޖެ، ފިލް ޖޯސް އަދި އަދި ކްރިސް ސްމޯލިން ވެސް އަހަރެމެންގެ އަތަކު ނެތް، އަހަރުމެން އޮތީ ގެންޖެހުންތަކެއްގެ ތެރޭގައި، އަނެއްކާ މިގެއްލުނީ ޒަލްޓާން އިބްރޮހިމޮވިޗް،" މޮރީނިއޯ ބުންޏެވެ.
ނަމަވެސް، ކެޕްޓަން ވޭން ރޫނީ އެނބުރި އައުމުން، ފޯވަޑް ލައިނަށް ދިމާވި މައްސަލަ ހައްލު ކުރެވޭނެ ކަމުގެ ހިތްހަމަޖެހުން މޮރީނިއޯއަށް އެބައޮތެވެ.
"ފޯވަޑް ލައިގައި އަހަރެމެންނަށް އިހްތިޔާރުތަކެއް އެބަހުރި، ވޭން ރޫނީ ރިކަވާ ވެގެން އެބަ އާދޭ، އަދި ހުއާން މާޓާވެސް ސީޒަން ނިމުގެ ކުރިން އެނބުރި އަންނާނެ ކަމަށް ބަލަމާ."
އިބްރޮހިމޮވިޗަކީ، މިސީޒަންގައި މެންޗެސްޓާ ޔުނައިޓާޑްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ސީޒަންގައި 28 ގޯލް ޖަހާފަ އެވެ.