ރާއްޖެ ކުޅިވަރު

26 އަހަރުފަހުން ޓޮޓެންހަމް ކުރި އުންމީދު ފެނަށް

Apr 23, 2017
1

ސައްބީސް އަހަރު ފަހުން އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ދިއުމަށް ޓޮޓެންހަމް ހޮޓްސްޕާ ކުރި އުންމީދު ޗެލްސީއިން ފެނަށް ދުއްވާލައިފި އެވެ.

ރޭ ކުޅުނު އެފްއޭކަޕްގެ ސެމީފައިނަލު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެލްސީ ވަނީ 2012 ވަނަ އަހަރުގެ ފަހުން، އެފްއޭކަޕްގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ޓޮޓަންހަމް، އެފްއޭކަޕް ފައިނަލަށް އެންމެ ފަހުން ދަތުރުކޮށްފައި ވަނީ، 1991 ވަނަ އަހަރު އެވެ. އެފަހަރު ފައިނަލުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅެ 2-1 ޓޮޓެންހަމް ވަނީ މުބާރާތްް ކާމިޔާބުކޮށްފަ އެވެ.

އެފްއޭކަޕްގެ ޓޮޓެންހަމް ވަނީ އެންމެ ފަހުން ކުޅުނު ހަތް ސެމީ ފައިނަލުންވެސް ވަނީ ނަކާމިޔާބު ވެފަ އެވެ. މިއީ މުބަރާތުގެ ތާރިހްގައިވެސް އެންމެ ގޯސް ރެކޯޑެވެ.

މެޗު ފެށިގެން ފަސް ވަނަ މިނެޓްގައި، ޗެލްސީގެ ވިލިއަން ވަނީ އެޓީމަށް ލީޑް ނަގައިދީފަ އެވެ. ނަމަވެސް 18 ވަނަ މިނެޓްގައި، ހެރީ ކޭން ވަނީ ޓޯޓެންހަމްއަށް ނަތިޖާ ހަމަހަމަ ކޮށްދީފަ އެވެ.

ނަމަވެސް 43 ވަނަ މިނެޓްގައި ޗެލްސީއަށް ލިބުނު ޕެނަލްޓީއެއްގައި ވިލިއަން ވަނީ އަލުން ޗެލްސީއަށް ލީޑް ނަގައިދީފަ އެވެ.

ދެވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި، ޑެލީ އަލީ ވަނީ ޓޮޓެންހަމްއަށް އަލުން ލީޑް ނަގައިދީފަ އެވެ.

ޗެލްސީއިން މެޗު އަނބުރަލީ މެޗުގެ އެންމެ ފަހު 15 މިނެޓްގައެވެ. މެޗުގެ 75 ވަނަ މިނެޓްގައި އެޑެން ހަޒާޑް ވަނީ އެޓީމަށް ލީޑް ނަގައިދީފަ އެވެ. އޭގެ ފަސް މިނެޓް ފަހުން، ނިމެންޖާ މެޓައިކް ވަނީ ޗެލްސީއަށް ނަތީހާ ފުޅާ ކޮށްދީފަ އެވެ.