ހަބަރު

ގެސްޓްހައުސްއަކަށް ފުލުހުން ވަދެ، ބަޔަކު ހައްޔަރުކޮށްފި

މަންފަންނުގެ ގެސްޓްހައުސްއަކަށް ފުލުހުން ވަދެ، އެތަނުން ބަޔަކު މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ގެސްޓްހައުސްއަށް ފުލުހުން ވަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ގެއްލިގެން އުޅޭ މައްސަލައެއްގަ ކަމަށެވެ. ނަމަވެސް އެތަނުން މީހުން ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އެ ގެސްޓްހައުސްއަށް ފުލުހުން ވަތްއިރު އެތަނުގައި މަސްތުވާތެކެތި ބޭނުން ކުރަމުންދާ ކަމުގެ ތުހުމަތުކުރެވޭ ބަޔަކު ތިބުމުން އެމީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.