ވިޔަފާރި

ފަހު ކުއާޓާގައި އެމްޓީޑީސީގެ ފައިދާ 69 ޕަސެންޓް އިތުރު ވެއްޖެ

Apr 25, 2017
4
  • ސާފު ފައިދާގެ ގޮތުގައި 5.8 މިލިއަން ޑޮލަރު
  • ކުންފުނީގެ ގިނަ ރަށްތައް ވަނީ ސަރުކާރަށް ނަގާފަ
  • ކުންފުނި ތަރައްގީ ކުރަން ބައެއް މަސައްކަތް ކުރޭ

މިދިޔަ އަހަރުގެ ފަހު ކުއާޓަރު މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ސާފު
ލިބުނު ސާފު ފައިދާ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 69 ޕަސެންޓް އިތުރުވެއްޖެ އެވެ. ފައިދާގެ ގޮތުގައި 5.8 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 5.8 މިލިއަން ޑޮލަރެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބިފައިވަނީ 1.7 މިލިއަން ޑޮލަރެވެ. މިއީ 69 ޕަސެންޓުގެ ކުރި އެރުމެކެވެ.

މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 4.1 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބިފައިވަނީ 3.5 މިލިއަން ޑޮލަރެވެ. މާލީ ހިސާބުތައް ދައްކާ ގޮތުން ފަހު ކުއާޓަރުގައި ސާފު ފައިދާ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ނިޔާމަ ރިސޯޓްގެ މުއާމަލާތް ތަކުން 3.9 މިލިއަން ޑޮލަރު ލިބުމެވެ.

އެމްޓީޑީސީގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި ކުއާޓަރުގެ އެ ކުންފުންޏަށް ހިއްސާއަކަށް ޖެހިފައިވަނީ 0.17 ޑޮލަރެވެ.

އެމްޓީޑީސީ އަށް ސަރުކާރުން ދޫކޮށްފައިވާ ގިނަ ރަށް ތަކެއް ވަނީ ނަގާފަ އެވެ. މިގޮތުން އެންމެ ފަހުން ސަރުކާރުން ނަގާފައިވަނީ ހދ. އަތޮޅުގައި ހިންގަމުން ގެންދިޔަ ނާގޯއްޓެވެ.