ވެމްކޯ

ވެމްކޯގެ ކުނި އުކައިދިނުން މުޅި މާލެއަށް ފުޅާކޮށްފި

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުނި އުކާލައި ދިނުން މުޅި މާލެއަށް ފުޅާކޮށް ވޭސްޓް މެނޭޖްމަންޓް ސާވިސްގައި ރެޖިސްޓަރީވާން ހުޅުވާލައިފި އެވެ.

ވެމްކޯ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނިން ބުނީ މާލޭގައި އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖް ކުރަން މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މާދަމާ އިން ފެށިގެން މާލޭގެ ހުރިހާ ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ފަށައި ރެޖިސްޓަރީ ވުމަށް ހުޅުވާލާފައިވާ ކަމަށެވެ.

މީގެ ކުރިން އެ ކުންފުނިން ކުނި އުކާލުމުގެ ހިދުމަތް ދެމުން އައީ މަޖީދީ މަގުގެ ދެކުނަށް ކަމަށާއި އެ ސަރަޙައްދުން މިހާތަނަށް 350 އަށްވުރެ ގިނަ ގޭބިސީ އާއި ކޮމާޝަލީ 30 ތަނަކުން ކުނި ނަގަމުން އަންނަ ކަމަށެވެ.

ވެމްކޯ އިން އިތުރަށް ބުނީ މިއަދުން ފެށިގެން ރެޖިސްޓަރީވާ ފަރާތްތަކަށް އަންނަ މަހު އެކަކުން ފެށިގެން އެ ހިދުމަތް ފޯރުކޮށް ދޭނެ ކަމަށެވެ.