ކުޅިވަރު

ޖަރުމަން ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ފްރެންކްފާޓަށް

Apr 26, 2017

ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން، ބްރޫޝިއާ މެންޗެންގްލެބާކް 7-6 ބަލިކޮށް، ޖަރުމަން ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގް އައިންޓްރަކްޓް ފްރޭންކްފާޓް ހޯދައިފި އެވެ.

ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު 1-1 އެއްވަރުމުން ޖެހި ޕެނަލްޓީގައި ގްލެބާކްގެ އެންޑްރެސް ކްރިސްޓެންސެން ޖެހި ޕެނަލްޓީ ފްރޭންކްފާޓްގެ ކީޕަރު ލޫކަސް ހަރުޑެސްކީ ވަނީ ދިފާއު ކޮށްފަ އެވެ. ކްރިސްޓެންސެންގެ ޕެނަލްޓީ ހަރުޑެސްކީ ދިފާއު ކުރި ނަމަވެސް ފްރޭންކްފާޓަށް ހިތްހަމަ ޖައްސައިލައިގެން ނުތިބެވުނެވެ.

އެ ޕެނަލްޓީ އަށްފަހު ފްރޭންކާފާޓްގެ އިޖެރެމޯ ވެރޭލާ ޖެހި ޕެނަލްޓީ، ގްލެބާކްގެ ކީޕަރު ޔެން ސޮމާ ވެސް ދިފާއު ކުރި އެވެ. ނަމަވެސް ނަތީޖާ އެގޮތުގައި ބާއްވަން ގްލެބާކަށް ފުރުސަތު ލިބުނު ނަމަވެސް، އެޓީމުގެ ޖިބްރިލް ސޯ ޖެހި ޕެނަލްޓީ ވެސް ފްރޭންކްފާޓްގެ ކީޕަރު ދިފާއު ކުރި އެވެ.

މެޗުގެ ފުރިހަމަ ވަގުތުގައި، ފުރަތަމަ ލަނޑު ޖެހީވެސް، ފްރޭންކްފާޓުން ނެވެ. އެޓީމުގެ ލަނޑު މެޗުގެ 15 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ޓަލެބް ޓަވާޓާ އެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު ކޮޅުގައި، ގްލެބާކަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޯނަސް ހޮފްމަން އެވެ.

ފައިނަލުގައި، ފްރޭކްފާޓްއާ ބައްދަލު ކުރާނެ ޓީމެއް އެނގިގެންދާނީ، މިރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލު މެޗުގައި ބަޔާން މިޔުނިކާއި ބްރޫޝިއާ ޑޯޓަމަންޑް ބައްދަލު ކުރާ މެޗުން ނެވެ.