ވިޔަފާރި

މޫވްއެންޕިކްގެ ފުރަތަމަ ރިސޯޓު އަންނަ އަަހަރު ރާއްޖޭގައި ހުޅުވަނީ

Apr 27, 2017
1
  • ރިސޯޓުގައި 105 ކޮޓަރި
  • އެންމެ މަތީ ފަންތީގެ ރިސޯޓެއް
  • އަންނަ އަހަރު 20 ރިސޯޓު ހުޅުވާނެ

މޫވްއެންޕިކްގެ ފުރަތަމަ ރިސޯޓު އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ، ޓޫރިޒަމްނިއުސް ސައިޓްގައިވާ ގޮތުން، މޫވްއެންޕިކް ހޮޓެލް އެންޑް ރިސޯޓު ރާއްޖޭގައި މެނޭޖުކުރާ ފުރަތަމަ ރިސޯޓު ނ. ކުރެދިވަރުގައި ހުޅުވާނީ 105 ކޮޓަރިއާއެކުގަ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ކުރެދިވަރުގައި ފަސްތަރީގެ ފެންވަރަށް ތަރައްގީކުރާ މި ރިސޯޓުގައި 33 ބީޗް ވިލާ އާއި 72 ވޯޓާވިލާ ހިމެނޭނެ އެވެ. އަދި މިތަން ފަރުމާކޮށްފައިވަނީ ޗުއްޓީ ހޭދަކުރާ މީހުންނަށް އެންމެ މަތީ ދަރަޖައިގެ ޕްރައިވެސީ ލިބޭ ގޮތަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ރިސޯޓުގައި ކުޅިވަރު ކުޅެން ބޭނުންވާ ޓޫރިސްޓުންނާއި ހަނީމޫން އަދި އާއިލާއާއެއްކޮށް އަންނަ ޓޫރިސްޓުންނަށް އެންމެ މަތީ ފަންތީގައި ހިދުމަތް ލިބޭނެ ކަމަށް މޫވްއެޕިކް ކުންފުނިން ބުނެ އެވެ.

ދުނިޔޭގެ އެންމެ މަތީ ބްރޭންޑްތަކުންގެ ރިސޯޓުތައް ރާއްޖޭގައި ހުޅުވަން ތައްޔާރުވަމުންދާއިރު، މިދިޔަ އަހަރުވެސް 11 ރިސޯޓެއް ހުޅުވާފައިވެ އެވެ. އަދި މި އަހަރުވެސް އިތުރު 20 ރިސޯޓު ހުޅުވާނެ ކަމަށް އެ ސަރުކާރުން ބުނެފައިވެ އެވެ.

މޫވްއެންޕިކް ހޮޓެލް އެންޑް ރިސޯޓަކީ މަޝްހޫރު އައިސްކްރީން ބްރޭންޑް "މޫވްއެންޕިކް" ނިސްބަތްވާ ކުންފުނީގެ ދަށުން ހިންގާ ވިޔަފާރި އެކެވެ. މި ކުންފުނިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 83 ރިސޯޓެއް ހިންގަ އެވެ.