ބޮލީވުޑްގެ މަޝްހޫރު ޖޯޑުކަމުގައިވާ ޑައިރެކަޓަރު އަނޫރާގް ކަޝްޔަޕް އާއި ކަލްކީ ކޯޗްލީން އަހަރެއްހާ ދުވަހު ވަކިން އުޅުމަށްފަހު ވަރިވާން ކޯޓަށް ހިނގައްޖެ އެވެ.
މިދެމީހުން 2011ވަނަ އަހަރު ކައިވެނިކޮށްގެން ދެއަހަރެއްހާ ދުވަހު އުޅެފައިވަނީ ވަަރަށް ލޯބިންނެވެ. ނަމަވެސް 2013 ދެމީހުންގެ ދެމެދު ޖެހުނު މައްސަލަ ގަނޑަކަށްފަހު ދެމީހުން ދިރިއުޅެމުން އައީ ވަކިންނެވެ.
އެހެންނަމަވެސް އޭގެ ފަހުން އެކި އިވެންޓްތަކާއި ޕާޓިފަދަ ތަންތަނުން ދިމާވުމުންވެސް ދެމީހުންވަނީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާތީ ކައިވެންޏަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ވަކިން ދިރިއުޅެން ފެށީކަމަށެވެ.
ކަލްކީ ބޮލީވުޑަށް ތައާރަފުވީ އަނޫރާގް ޑައިރެކްޓްކޮށް 2009ވަނަ އަހަރު ނިކުތް ފިލްމް "ދޭވް ޑީ"އިންނެވެ. އޭގެފަހުންވެސް ކަލްކީ ވަނީ އަނޫރާގްގެ "ދަ ގާލް އިން ޔެލޯ ބޫޓްސް"ގައި ވެސް ހަރަކާތްތެރިވެފަ އެވެ.
މި ދެފިލްމު ކުޅުނު ދުވަސްވަރު ވަނީ މިދެމީހުންގެ ދޭތެރޭގައި ލޯބީގެ ގުޅުމެއް އުފެދިފަ އެވެ.
ވަރަށްފަހުން ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ކަލްްކީ ބުނީ މިދިޔަ އަހަރަކީ ވަރަށް ވޭނުގައި އުޅުނު އަހަރެއްކަމަށާއި އެގޮތުން، އޭނާ އާއި އަނޫރާގްގެ ގުޅުން ދިޔަ ނުދިޔަ ގޮތެއްވެސް ނޭނގޭ ކަމަށެެވެ. އެހެންނަމަވެސް މިހާރު އޭނާ މިހިރީ ވަރަށް ހަމަޖެހިގެންކަމަށްވެސް ކަލްކީ ބުންޏެވެ.
"މިހާރު އަހަރެމެން ވަރިވާން ކޯޓަށް ހުށަހަޅައިފިން. އެކަން ވަަރަށް އަވަހަށް ނިމޭނެ" ހަތަރު އަހަރުވީ ކައިވެނި ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށް ބުނަމުން ކަލްކީ ބުންޏެވެ.
މިޖޯޑް ވަރިވާން ނިންމާފައިވާ ކަމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ އަނޫރާގް އާއި ބަތަލާ ހުމާ ގުރޭޝީއާއެކު ގާތްގުޅުންތަކެއް ބޭއްވުމުން ކަމަށްވެ އެވެ. އެހެންނަމަވެސް ކަލްކީވެސް ވަނީ މިކަން ދޮގުކޮށްފަ އެވެ.