ބޭރު ކުޅިވަރު

Apr 29, 2017

މެންޗެސްޓާާ ޔުނައިޓެޑްގެ ސްކޮޑަށް އުފާވެރިކަމާއި އިތުބާރު އަލުން ހޯދައިދެވިއްޖެ ކަމަށް ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނެފި އެވެ.

މޮރީނިއޯޯ ބުނީ އޭނާ ޔުނައިޓެޑަށް ހަވާލުވުމުގެ ކުރިން އެ ޓީމުގެ ކޯޗަކަށް ހުރި ލުއީ ވެން ހާލްގެ ޓީމު ދޫކޮށްލިއިރު، ޔުނައިޓެޑްގެ ޓީމުގައި އުފާވެރިކަމާއި އަމިއްލަ ނަފްސަށް އިތުބާރުކުރުން އޮތީ ދަށްވެފައި ކަަމަށެވެ. އެކަމަކު މިހާރު ޓީމު ތެރޭގައި އޮތް އިތުބާރު އާލާ ކުރެވިއްޖެ ކަމަށާއި އަންނަ ސީޒަނަށް ޔުނައިޓެޑް ވަރުގަދަވާނެ ކަމަށެވެ.

"ވެން ހާލް މި ޓީމު ދޫކޮށްލިއިރު، ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮތް ގުޅުން ރަނގަޅު،" މޮރީނިއޯ ބުންޏެވެ. "އެކަމަކު ޓީމުގެ ތެރޭގައި އުފާވެރިކަމާއި އިތުބާރު އޮތީ ގެއްލިފައި. އަހަރެން ގަބޫލުކުރާ ގޮތުގައި މިހާރު ޓީމުގެ ކުޅުންތެރިންނަށް އިތުބާރު ލިބި، އިތުރު ހިތްވަރެއްލުމަށް ބާރު ލިބިއްޖެ. އަންނަ ސީޒަނަށް ކުރިމަތިލާއިރު، ޔުނައިޓެޑް އޮންނާނީ ވަރުގަދަކޮށް."

ޔުނައިޓެޑްގެ ކޯޗުކަމުން ވެން ހާލް ވަކިކުރީ މިދިޔަ އަހަރުގެ މޭ މަހު އެވެ. ޔުނައިޓެޑަށް މިދިޔަ ސީޒަންގެ އެފްއޭ ކަޕް ވެން ހާލް ކާމިޔާބުކޮށްދިން ނަމަވެސް، އެ ޓީމަށް ޗެމްޕިއަންސް ލީގުން ޖާގައެއް ނުލިބުނެވެ.

މޮރީނިިއޯގެ ފުރަތަމަ ސީޒަންގައި ޔުނައިޓެޑް ވަނީ ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި ޔުނައިޓެޑަށް ގަދަ ހަަތަރެއްގެ ފުރުސަތު އަދިވެސް އެބައޮތެވެ.

މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ވަނީ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ޖާގައެއް ވެސް ހޯދައިފަ އެވެ.