ރާއްޖެ ކުޅިވަރު

ލެސްޓާގެ ދާއިމީ ކޯޗަކަށް ކުޅުންތެރިން ބޭނުން ވަނީ ޝެކްސްފިއާ

Apr 29, 2017

ލެސްޓާ ސިޓީގެ ދާއިމީ ކޯޗެއްގެ ގޮތުގައި، މިހާރު ހުރި ކޯޗް ކްރެގް ޝެކްސްފިއާ ހުންނަން ޓީމުގެ ގިނަ ކުޅުންތެރިން ބޭނުންވާ ކަމަށް ލެސްޓާގެ ތަރި ޖޭމްސް ވާޑީ ބުނެފި އެވެ.

ކުރިން އެސިސްޓޭންޓް ކޯޗަކަށް ހުރި ޝެކްސްފިއާ، ލެސްޓާގެ ކޯޗް ކަމާ ހަވާލުވީ، މިދިޔަ ފެބްރުއަރީ މަހު އެ ޓީމުގެ ކޯޗް ކަމުން އިޓާލީގެ ކުލައުޑިއޯ ރަނިއޭރީ ވަކި ކުރުމުން ނެވެ.

ޝެކްސްފިއާ އެޓީމާ ހަވާލުވެ. ޖެހިޖެިގެން ފަސް މެޗުން މޮޅު ކޮށްދީ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލާ ހަމަޔަށް އެޓީމު ގެންގޮސް ދިނެވެ.

ވާޑީ ބުނީ ރެލިގޭޝަން ޒޯންގައި އޮއްވާ އެޓީމާ ހަވާލުވެ، ޝެކްސްފިއާ ކުރި މަސައްކަތުން އޭނާ އަށް ބޮޑު ނުފުޒެއް ޓީމު ތެރޭގައި އެބައޮތް ކަމަށެވެ.

"އޭނާ އައުންވީ ވަރަށް މޮޅު ވަރަށް މޮޅު ކަމަކަށް، އަހަރެމެން ޖެހޭނެ މިސިޒަން ނިމެންދެން އެގޮތުގައި ދެމި އޮންނަން، ވާޑީ ބުންޏެވެ.

އޭނާ ބުނީ ޝެކްސްފިއާ ޓީމަ ހަވާލުވެ ކޮންމެ މީހަކަށްވެސް އޭނާގެ ރޯލް އެނގިގެން ދިޔަ ކަމަށާއި ރެލިގޭޝަން ޒޯނާ ވީހާވެސް ދުރަށް ޖެހިލުމަށް މުޅި ޓީމުގައި ހިމެނޭ ކޮންމެ މީހަކުވެސް އެމީހެއްގެ މަސްއޫލިއްޔަތުގެ ތެރެއިން ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެސިސްޓެންޓް ކޯޗަކަށް ޝެކްސްފިއާ ހުރިއިރުވެސް ކުޅުންތެރިޔަކަށް ކަމެއް ދިމާވެއްޖެނަމަ އެކުޅުންތެރިޔަކު އެވާހަކަ ހިއްސާ ކުރާނީ ޝެކްސްފިއާ ކަމަށެވެ. އަދި އެ މައްސަލައެއް ހެޑްކޯޗާ ހަމަޔަށް އުފުލައިދޭނީ އޭނާ ކަމަށްވެސް ވާޑީ ބުންޏެވެ.

"ޝޭކީ ވަރަށް މޮޅު، އޭނާ ވަނީ އަހަރުމެންނާއެކު މިތަނުގައި އަހަރު ތަކެއް ހޭދަ ކޮށްފަ، ބައެއް ކުޅުންތެރިން އޭރުވެސް މި ޓީމުގައި ހޭދަ ކުރި، އޭނާ އަށް އަހަރެމެން ވަރަށް ރަނގަޅަށް އެނގޭނެ، އޭނާ އަދިވެސް ކުޅުންތެރިންނާ މެދު ދެކެނީ އެހެން، މިހާރުވެސް ބައެއް ކުޅުންތެރިން އޭނާ އަށް 'ޝެކީ' އޭކިޔާފައި ގޮވާ އަދި ބައެއް ކުޅުންތެރިން ބޮސް އޭ ކިޔާފައިވެސް ގޮވާ."

ލެސްޓާ މިރޭ ނިކުންނާނީ ވެސްޓްބްރޮމޮވިޗާ ދެކޮޅަށެވެ. ޝެކްސްފިއާ ބުނީ އޭނާގެ ޓާގެޓަކީ އަންނަ ސީޒަންގައި ޕްރިމިއާ ލީގްގެ ޖާގަ ކަށަވަރު ކުރުން ކަމަށެވެ. އަދި ކުރިއަށް ފަސް މެޗުން ފަނަރަ ޕޮއިންޓް ހޯދަން ބޭނުންވާ ކަމަށް އޭނަ ބުންޏެވެ. އޭނާ އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް މޯގަން އަށް އަނިޔާ ވެފައި ވުމެވެ.