މިއުޒިކް

"ބޭނުމޭ އިޝްގާ" ގެ ކަވާއެއް ޝަލަބީ ނެރެނީ

މިދިަޔ ސީޒަނުން ވިދާލާ އަދިވެސް ގިނަ ހިތްތަކެއްގައި ރަސްކަން ކުރަމުންދާ ޝަލަބީ އިބްރާހީމްގެ ކޮންމެ ލަވަޔަކީވެސް ނިކަން ބޮޑު ތަރުހީބެއް ލިބިފައިވާ ލަވައެކެވެ. ޝަލަބީގެ ލަވައެއް ވިޔަސް ނުވަތަ މަދަހައެއް ވިޔަސް ފޭނުންގެ ހިތްތައް ފަތަހަ ކުރެ އެވެ. ޝަލަބީ އަކީ ހިތްތަކުގެ އައިޑޮލްކަން ނިކަން ރަނގަޅަށްވެސް މިވަނީ ސާބިތުކޮށްދީފަ އެވެ.

ޝަލަބީގެ އަޑުން ލަވަތައް އަޑުއަހަން ބޭނުންވެގެން ގިނަ ރިކުއެސްޓުތަކެއް އޭނާއަށް ލިބެ އެވެ. ހަމައެކަނި ޓުވިޓާއަށް ބަލައިލި ނަަމަވެސް އެކަން ވަރަށް ސާފުކޮށް ފެނިގެންދެ އެވެ. ޝަލަބީގެ ގިނަ ފޭނުންތަކެއްގެ އެދުމުގެ މަތިން ޝަލަބީ ވަނީ ކަވާ ސޯންގެއް ނެރުމުގެ މަސައްކަތް ފަށާފަ އެވެ. އެތައް ސަޕޯޓަރުންނެއްގެ އެދުމުގެ މަތިން ޝަލަބީ މިފަހަރު ނެރެނީ "ބޭނުމޭ އިޝްގާ" ގެ ކަވާ އެކެވެ. ދެތިން ދުވަހެއްގެ ތެރޭގައި ލަވައިގެ ހުރިހާ މަސައްކަތެއް ނިމި ފޭނުންނަށް ދޫކޮށްލާނެ އެވެ. މި ލަވަ އަކީ ޝަލަބީގެ ފޭނުންނަށް އޭނާ ދޫކޮށްލާ ހަދިޔާ އެކެވެ.

ޝަލަބީ އޭނާގެ ފޭނުންނަށް ހާއްސަ ސަޕްރައިޒެއްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެއްގޮތަކަށްވެސް އެކަމާ ބެހޭ މައުލޫމާތެއް ޝަލަބީ ނުދިނެވެ. ޝަލަބީ ބުނަނީ ނިކަން އަވަހަށް އެ ސަޕްރައިޒް ފެނިގެންދާނެ ކަމަށެވެ. އަދިވެސް އިތުރު އެތައް މަސައްކަތްތަކެއް ޝަލަބީ އަންނަނީ ކުރަމުންނެވެ. ރޯދަމަހަށްވެސް ޝަލަބީގެ ހާއްސަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ތަފްސީލެއް އަދި ނުލިބެ އެވެ. މި މަސައްކަތްތަކުގައި ޝަލަބީގެ ޝެޑިއުލް ނިކަން ބިޒީވެސްމެ އެވެ.

ޝަލަބީ އޭނާގެ ފޭނުންގެ ރިކުއެސްޓުތައް ބަލައިގަނެ ކަވާ ސޯންގުތައް ގެނެސްދިން ނަމަވެސް މިފަހަރު އައިޑޮލްގެ ބައިވެރިން ކިޔާފައިވާ އެއްވެސް ލަވައެއް އޭނާ ނުކިޔާނެ ކަމަށެވެ. އެއީ އެކުދިންނަށް ޝަލަބީ ކުރާ އިހުތިރާމެއްގެ ބޮޑުކަމުންނެވެ.

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ފިޔަޖަހައިގެން ތަރިންގެ ތެރެއިން އެ ސްޕީޑުގައި މެދުއުޑުގައި ފިޔަޖަހަމުންދާ އެއް ތަރިއަސް ޝަލަބީ ވާނެ އެވެ. ޝަލަބީގެ ގިނަ ލަވަތަކެއް މިހާރުވެސް ފޭނުންނަށް ދޫކޮށްލައިފި އެވެ. ކުރިއަށް އޮތްތަނުގައިވެސް ގިނަ ލަވަތަކެއް އިވޭނެ ކަމަށް އުންމީދު ކުރެވެ އެވެ.