ބޭރު ކުޅިވަރު

ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ބަޔާން ލީގު ޗެމްޕިއަންކަން ހޯދައިފި

Apr 30, 2017

ޖަރުމަން ލީގުގައި ރޭ ވުލްފްސްބާގް އަތުން 6-0 އިން މޮޅުވެ، ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ބަޔާން މިއުނިކް ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.

ބަޔާންގެ ތާރީހުގައި 27 ވަނަ ލީގު ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ލީގުގައި ބާކީ ތިން މެޗު އޮއްވަ އެވެ. މި އަހަރުގެ ލީގުގައި ބަޔާން މިހާތަނަށް ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ.

މި މެޗުގައި ބަޔާންގެ ރޮބަޓް ލެވަންޑޮވްސްކީ ދެ ލަނޑު ޖެހިއިރު، ޑޭވިޑް އަލަބާ އާއި އާރްޔެން ރޮބެން އާއި ތޯމަސް މުލާ އަދި ޖޯޝް ކިިމިޗެވެ.

މި ސީޒަންގެ ލީގުގައި ބަޔާން މިހާތަނަށް 79 ލަނޑު ޖަހާފައިވާއިރު، އެ ޓީމު ކޮޅަށް ވަދެފައިވަނީ 17 ލަނޑެވެ. މިހާތަނަށް ކުޅުނު މެޗުގެ ތެރެއިން، ފަސް މެޗުގައި ބަޔާން އިން ވަނީ ފަސް ލަނޑު ނުވަތަ އެއަށްވުރެ ގިނައިން ލަނޑު ޖަހައިފަ އެވެ.

ބަޔާންގެ ކޯޗު ކާލޯ އެންޗަލޮޓީ އަކީ މިހާރު ޔޫރަޕްގެ ބޮޑު ފަސް ލީގުގެ ތެރެއިން، ހަަތަރު ލީގުގެ ލީގު ޗެމްޕިއަންކަން ކާމިޔާބުކުރި ފުރަތަމަ ކޯޗެވެ. މީގެ ކުރިން އެންޗަލޮޓީ ވަނީ ޗެލްސީ އާއި އޭސީ މިލާން އަދި ޕީއެސްޖީއާއެކު ލީގު ޗެމްޕިއަންކަން ހޯދައިފަ އެެެވެ.