ހަބަރު

ހއ. ގެ 15 ރަށުގައި ހަކަތައިން ކަރަންޓު އުފައްދަން ޗައިނާ ކުންފުންޏަކަށް

ހއ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ. މަސައްކަތާއި ހަވާލުވި، ޗައިނާގެ ޗަންގް ޒޫ ޓްރީނާ ސޯލާ އެނާޖީ ކޯޕަރޭޝަން ލިމިޓެޑުން ސޮއި ކުރެއްވީ ޑެޕިއުޓީ ޖެނެރަލް މެނޭޖާ ބްރަޔަން އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ހަކަތައިން ކަރަންޓު އުފެއްދުން އިތުރު ކުރަން ހައިބްރިޑް ސިސްޓަމްތަކެއް ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާއިރު މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއިމިއަދު ހަވާލުކޮށްފައިވާ 10.4 މިލިއަން ޑޮލަރުގެ (160،368،00 ރުފިޔާގެ) މަޝްރޫއުގެ މަސައްކަތަކީ ދެވަނަ ފިޔަވަހީގެ ބައެއް ކަމަށެވެ.

މި މަސައްކަތުގެ ދަށުން އުތުރުގެ އެ ރަށްރަށުގައި ސޯލާ ޕީވީ ސަސްޓަމާއި، ޑީސަލުން ކަރަންޓު އުފެއްދުމަށް 17 ޖެނެރޭޓަރާއި ކޭބަލް އަދި އްޓޯމެޓިކް ސިންކްރޮނައިޒިން ޕެނަލްބޯޑު ބެހެއްޓުމުގެ އިތުރުން މި ސިސްޓަމްތައް ފުރިހަމައަށް އޮޕަރޭޓް ކުރުމަށްޓަކައި އެނާޖީ މެނޭޖްމަންޓް ސިސްޓަމްތައް ގާއިމްކުރާނެ އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ 2018 ގެ ކުރިން ހުރިހާ ރަށެއްގައި ދުވާލުގަޑީގައި ބޭނުންވާ ކަރަންޓުގެ އެންމެ މަތީ އަދަދުގެ 30 ޕަސެންޓާ އާއި އެއްވަރުގެ އަދަދަކަށް އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ގާއިމްކުރުން" މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.